ހަބަރު

ނިހާން އުޅުއްވާ ގެއަކަށް ނުވަންނަން: ޕޮލިސް

Oct 20, 2015
1

ހ. މޫންލައިޓް ވިލާ ފާސްކޮށް އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާ ކަމަށާއި މިން ދުވަހަކުވެސް ފުުހުން ގޮސްފައި ނުވާނެ ކަމަށް ފުުލުހުން ބުނެފި އެވެ.

އެގެއަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ދިރިއުޅުއްވާގެ އެވެ.

"ހެންވޭރު މޫންލައިޓް ވިލާ ކިޔާ ގެއެއް ބަލައި ފާސްކޮށްފައެއް ނުވާނެ އެއްޗެއް ގެންގޮސްފައެއްވެސް ނުވާނެ،" ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅޫވި އެވެ.

ފުލުހުން އެހެން ބުނި އިރު ބައެއް ނޫސްތަކުން ބުނެފައި ވަނީ ނިހާން އުޅުއްވާ މޫންލައިޓް ވިލާގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ފުލުހުންގެ ތަހުގީގަށް ގެންގޮސްފައިވާ ކަމަށެވެ.

"ހަވީރު" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އިމާރާތުގެ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ގެންދިޔައީ، ރިއާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅޭ ގޮތުން ރިއާސީ ކޮމިޝަނުން މިހާރު ކުރަމުންދާ ތަހުގީގުގެ ހޯދުންތަކަށް ބޭނުންވެގެންކަން އެ ނޫޙަށް އެނގިފައިވެ އެވެ. ނަމަވެސް ފުލުހުން ގެންދިޔައީ ނިހާން ދިރިއުޅުއްވާ ބައިގެ ފުޓޭޖްތައް ކަމެއް ނުވަތަ މުޅި އިމާރާތުގެ ފުޓޭޖްތަކެއް ކަމެއް މުޅިން ޔަގީނެއް ނުވެ އެވެ.

ރިއާސީ ލޯންޗު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅޭ ތަހުގީގަށް މީގެ ކުރިން ވެސް ވަނީ ބައެއް ތަންތަނުގެ ސީސީޓީވީ ފުޓޭޖްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހާމިދު އިސްމާއިލް (ގަލްފް ކްރާފްޓް ހާމިދު) އުޅުއްވާ މ. ޝޫރާ މަންޒިލް ހިމެނެ އެވެ.