ހަބަރު

އެމްޕީއެލް ޗެއާމަން މަގާމުން އިސްތިއުފާ ދީފި

Nov 30, 2020
3

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަންގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފި އެވެ.

އެމްޕީއެލް އިން ވެސް ވަނީ މުހައްމަދު ޒަކީ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވިކަން ޔަގީން ކޮށްދީފަ އެވެ.

ޒަކީ އިސްތިއުފާ މި ދެއްވިއިރު އެމްޕީއެލްގެ ތެރޭގައި ހިންގި ތެލުގެ ވިޔަފާރިއެއް ވަނީ ފެންމަތިކޮށްފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެމްޕީއެލް އިން ތެލުން ވަނީ އަށް މިލިއަން ރުފިޔާގެ ވައްކަމެއް ކޮށްފަ އެވެ. އަދި ޗެއާމަން ވަނީ އޭނާ ވަނީ މި ވައްކަމަށް ޝާމިލްވި ފަރާތްތައް ސަސްޕެންޑް ކުރަން ބޯޑު މެމްބަރުންގެ އަގުލަބިއްޔަތު ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އެމަކަމު، އެމްޕީއެލް އިން ވަނީ ލޮކްޑަރުންގެ ތެރޭގައި ހިންގި މި ތެލުގެ ވައްކަމުގެ މައްސަލާގައި ޝާމިލްވާ މީހުން ނަށް ފިޔަވަޅު އަަޅައި ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެފަ އެވެ.