ރިސެސްގެ މުއްދަތުގައި ޝަރިއަތްތައް ކުރިއަށް ގެންދަން ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމައިފި އެވެ.
އެ ކޯޓުން ބުނީ އެ ނިންމުން ނިންމީ އެ ކޯޓްގައި ނުނިމި ހުރި މައްސަލަތައް މަދުކުރުމުގެ ގޮތުން ކަމަށެވެ. ކޮންމެ އަހަރަކުވެސް ޑިސެންބަރު މަހު އެ ކޯޓް ރިސެސްއަށް ދެއެވެ. ނަމަަވެސް މުހިންމު ބައެއް ޝަރީއަތްތައް ކުރިއަށް ގެންދެއެވެ.