ހަބަރު

ވިޒިޓް މޯލްޑިވްސްގެ ދެ ކެމްޕޭނެއް ޗައިނާއަށް

ރާއްޖެ އިސްތިހާރު ކުރަން އެމްއެމްޕީއާރްސީން ޗައިނާގައި ދެ ކެމްޕެއިނެއް ފަށައިފި އެވެ.

އެމްއެމްޕިއާރްސީން މިއަދު ބުނީ ވިޒިޓް މޯލްޑިވްސްގެ ދަށުން "މޯލްޑިވްސް އޮންލައިން ރޯޑްޝޯ އިން ޗައިނާ" އަދި "އިންފޮމޭޝަން ޕޯޓަލް ފޮ ޓްރެވަލް ޓްރޭޑް އޮން ވީޗެޓް" މިއަދު ލޯންޗް ކޮށްފައިވާ ކަމަށެވެ.

ތިން ބަޔަކަށް ބަހާލައިގެން ރޯޑްޝޯ ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ. އެ ރޯޑްޝޯގައި ލައިވް ވެބިނާ އަކާއި އޮންލައިން އެކްޒިބިޝަން އަދި ވަން އޮން ވަން މީޓިންތަކެއް ކުރިއަށްދާނެ އެވެ.

ލޯންޗު ކުރި، އިންފޮމޭޝަން ޕޯޓަލް އާ ގުޅިގެން އެމްއެމްޕީއާރްސީން ބުނީ މި ޕޯޓަލް އަކީ ޗައިނާގެ 2.1 ބިލިއަން މިހުން ބޭނުން ކުރާ ސޯޝަލް މީޑިއާ ނެޓްވޯކް "ވީޗެޓް" ގައި ހިމެނޭ މިނީ ޕްރޮގްރާމެއް ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް ޗައިނާ ޓްރެވެލް ޓްރޭޑަށް ރާއްޖެއަށް ދަތުރުކުމާ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށެވެ.