ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

އައިޖީއެމްއެޗުގައި އެތެރެހަށީގެ ޑޮކްޓަރުން ތަމްރީ ނުކުރަނީ

މެލޭޝިޔާގެ ޔުނިވަސިޓީއެއް ކަމަށްވާ ނޭޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާ އާއި އައިޖީއެމްއެޗް އާ ގުޅިގެން، އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގޮރާމެއް ފަށައިފި އެވެ.

އައިޖީއެމްއެޗްގެ އަށް ޑޮކްޓަރުންނާއި އިތުރު ދެ ޑޮކްޓަރުން ހިމެނޭ ގޮތަށް މި ޕްރޮގްރާމް ފެށީ މިއަދު އެވެ. މިއީ ޑޮކްޓަރުން ތަމްރީނު ކުރަން މިފަދަ ޕޯސްޓް ގްރެޖުއޭޝަން ޕްރޮގްރާމެއް ރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރެވެ.

އައިޖީއެމްއެޗުން ބުނީ، ކޮވިޑް-19 އާއެކު މެލޭޝިޔާގެ ބޯޑަރު ބަންދުވުމާއި ގުޅިގެން ނޭޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާގެ ރެސިޑެންސީ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ރާއްޖޭގެ ޑޮކްޓަރުން އައިޖީއެމްއެޗްގައި މި ޕްރޮގްރާމް ފަށަން ނޭޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާއިން ހުށަހެޅުން މީ އެ ހޮސްޕިޓަލަށް ލިބުނު ފަހުރެއް ކަމަށެވެ.