ހަބަރު

އަނެއްކާވެސް ޒިޔަތު ހާޒިރުކޮށް ފުލުހުން ސުވާލުކޮށްފި

Oct 21, 2015

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ތިން ވަނަ ފަހަރަށް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ތިން ވަނަ ފަހަރަށް ހާޒިރުކުރީ މި ރޭގައެވެ. މީގެ ކުރިން މިދިއަ އާދިއްތަ ދުވަހާއި ހޯމަ ދުވަހުވެސް ވަނީ ޒިޔަތު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ޒިޔަތު ފުލުހަށް ހާޒިރު ކުރަނީ ކޮން ސަބަބަކާހުރެ ކަމެއް ފުލުހުން ވެސް އަދި ޒިޔަތު ވެސް ނުބުނެ އެވެ. ހަމައެކަނި ފުލުހުން ބުނެފައި ވަނީ ބަލަމުން ދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ތިން ފަހަރަށް ފުލުހަށް ހާޒިރު ކުރި އިރު ޒިޔަތުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި އޭނާ ދިރިއުޅުއްވާގެ، ހ. ހިޔާކޯޅި އާއި ހިންގެވުން އޭނާއާ ހަވާލުވެފައިވާ އެމްއެމްޕީއާރްސީ ފާސްކޮށް ބައެއް ތަކެތި ވެސް ވަނީ ގެންގޮސްފަ އެވެ.

މިހާރުވެސް އެމްއެމްޕީއާރްސީ ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުކޮށްފަ އެވެ.

މި މައްސަލަތައް ދިމާވެފައިވާއިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް އޮޅުވާލައިގެން ކުޅޭ ތަކެތީގެ ނަމުގައި ބަޑިބޭސް ކޮންޓެއިނާއެއް ގެނައި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.