ވިޔަފާރި

އެމްޓީސީސީ އިން ދެ އަތޮޅަކަށް ފެރީ ހޯދަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެ ޒޯނެއްގައި ފެރީގެ ހިދުމަތް ފަށަން، އުޅަނދު ފަހަރު ހޯދަން ފަށައިފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނިން ފެރީ ނިޒާމުގައި ބޭނުން ކުރަން ޒޯން އެކެއްގެ ހއ. އާއި ހދ. އަދި ޒޯން ދޭއް ގެ ނ. އަތޮޅަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެ ކުންފުނިން އިއުލާނުކޮށްފައިވަނީ ހދ. އަށް ތިން ފެރީ އަދި ހދ. އަށް ތިން ފެރީގެ އިތުރުން ނ. އަތޮޅަށް ދެ ފެރީ އެވެ.

މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހު މައުލޫމާތު ސާފު ކުރުމަށްފަހު، މި މަހު 20 ގެ ކުރިން ބިޑް ހުށަޙެޅުމަށް އެމްޓީސީސީ އިން އެދިފައިވެ އެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ފެރީގެ ހިދުމަތް ވެސް ދެމުން ގެންދާ ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުންޏަށް މި ސިނާއަތުން ބޮޑު ގެއްލުމެއްވެ އެވެ. އެހެންވެ، މި ގެއްލުން ފޫބެއްދުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ސަބްސިޑީގެ ގޮތުގައި ފައިސާދެ އެވެ.