މަރު

މަގުމައްޗަށް ވެއްޓިފައި އޮތް މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

Dec 8, 2020

މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ވެއްޓިފައި އޮތީ މާލޭގެ ދެވިނަ މަގުގައެވެ.

ފުލުހުން ބުނީ އެ ރިޕޯޓް ލިބުމުން އެ ސަރަހައްދަށް ފުލުހުން ގޮސް އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ފަރުވާ ދެނިކޮށް އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.