ރާއްޖޭގެ އޮޑިޓް ދާއިރާގެ މުވައްޒަފުން ތަމްރީނުކޮށް މަސައްކަތުގެ ފެންވަރު ރަނގަޅުކުރަން ޗައިނާގެ އެހީއަށް އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު އެދިވަޑައިގަންނަވައިފި އެވެ.
ޒިޔަތު އެގޮތަށް އެދިވަޑައިގަތީ ބެއިޖިންގް ގައި ހުންނަ ޑިއައުޔުޓައި ސްޓޭޓް ގެސްޓްހައުސްގައި އެގައުމުގެ އޮޑިޓާ ޖެނަރަލް ލިއު ޖިޔައި އާ އެކު ބޭއްވި ރަސްމީ ބައްދަލުވުމެއްގަ އެވެ.
ޒިޔަތުގެ އެދިވަޑައިގަތުމާއި އެއްގޮތަށް ޗައިނާއިން ރާއްޖޭގެ އޮޑިޓް ދާއިރާ މިހާރަށްވުރެ ހަރުދަނާކުރަން ވެދެވޭނެ ހުރިހާ އެހީއެއް ދޭން ތައްޔާރަށް އޮތް ކަމަށް ލިއު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޗައިނާ އޮޑިޓް އޮފީހުން ރާއްޖޭގެ އޮޑިޓް އޮފީހަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ އެއްބަސްވުމެއްގައި އަންނަ އަހަރު ސޮއިކުރާނެ ކަމަށް ވެސް ލިއު ވިދާޅުވި އެވެ.
އޮޑިޓާ ޖެނަރަލް އޮފީހުން ބުނީ ޗައިނާގެ އޮޑިޓާ ޖެނަރަލާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަކީ ދެ އޮފީހުގެ ގުޅުން ވަރުގަދަކޮށް، ފަންނީ ތަޖުރިބާ ހިއްސާކުރަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ޒިޔަތުގެ އަރުހުގައި އެސިސްޓެންޓް އެތަނީ ޖެނަރަލް ހުސައިން ނިޔާޒީވެސް ބައިވެރިވެވަޑައިގަންނަވައެވެ.