އަހުމަދު ހައިލަމް

ސަފާރީ ރޭޕް: ދައުވާ ކުރާ މީހުންގެ ނަންތައް ހާމަނުކުރުމުން ސުވާލު؟

ގާޒީ އަހުމަދު ހައިލަމް --
100%
0%
0%

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައިވާއިރު އެ މީހުންގެ ނަންތައް ހާމަކޮށްފައިނުވަނީ ކީއްވެގެންތޯ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލު ކުރައްވައިފި އެވެ.

މިދިއަ ޖޫން މަހު ހިނގި ހާދިސާއާ ގުޅިގެން ފޮނުވި މައްސަލާއާ ގުޅޭގޮތުން، ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލާގައި ދައުވާ ކޮށް ދިނުމަށް އެދި ފުލުހުން ފޮނުވާފައިވާ ކަަމަށެވެ. މިހާރު އިދާރީ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށެވެ. ނަމަވެސް، ދައުވާ ކުރަނީ ކޮން ބައެއްގެ މައްޗަށް ކަމެއް ވިދާޅެއްނުވެ އެވެ. ފުލުހުންވެސް އޭގެ ތަފްސީލެއް ނުދެއެވެ. އަދި ތަހުގީގު މަރުހަލާގައިވެސް ހައްޔަރުކުރި ބައެއްގެ މައުލޫމާތެއްވެސް ހާމައެއް ނުކުރެއެވެ.

އެކަމާއި ގުޅޭގޮތުން އަވަސްގައި ލިޔެފައިވާ ހަބަރާއެކު ހައިލަމް ވަނީ ރޭޕް ކޭސްގައި ހިމެނޭ މީހުންގެ ނަންތައް އަދިވެސް ހާމަކުރެވެން ނެތީތޯ ސުވާލު ކުރައްވާފައެވެ. އަދި ނަންތައް ސިއްރު ކުރަނީ ކޮން އުސޫލަކުންތޯ ސުވާލު ކުރެއްވިއެވެ.

"އަދިވެސް މި މީހުންގެ [ރޭޕް ކޭސްއާ ގުޅިގެން ދައުވާ ކުރަން ފޮނުވި މީހުން] ނަންތައް ހާމަކުރެވެން ނެތީތޯ. ނަންތައް ސިއްރު ކުރަނީ ކޮން އުސޫލަކުންތޯ،" ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ޓެގް ކުރައްވާ ހައިލަމް ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން މި މައްސަލާގައި ޝާމިލްވާ މީހުންނަކީ ހިއުމަންރައިޓްސް އާއި ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލަކީތޯވެސް ހައިލަމް ސުވާލު ކުރެއްވިއެވެ. ހައިލަމް ވިދާޅުވީ މި މައްސަލާގައި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅާއިރުވެސް ނަންތައް ހުންނާނީ ސިއްރުކޮށްފައި ކަމަށެވެ.

ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލާގައި ފުލުހުން ތަހުގީގު ހިންގި ގޮތާމެދު ބޮޑެތި ސުވާލުތަކެއް ކުރިމަތިވި އެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފިރިހެނުން ހައްޔަރުކޮށް ދޫކޮށްލުމުން ވެސް ފާޑުކިޔުން ފުލުހަށް އަމާޒުވި އެވެ.

އެ ދެ މީހުންނަކީ މި ސަރުކާރާ ގުޅުން އޮތް، ނުފޫޒުގަދަ ބައެއް ކަމުގެ އަޑުތައް ވަނީ ފެތުރިފައި އެވެ. އޭގެ ފަހުން، ސަފާރީގައި ހިނގީ ރޭޕެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ.

އެކަމާ ގުޅުވައި، އިމްރާންގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އިދިކޮޅުން އިސްވެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ.

ނަމަވެސް، މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ ތާއީދު ނުލިބި، އެ މައްސަލައިން އިމްރާން ވަނީ ސަލާމަތްވެފައި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދުން ތަރި

ތިޔަ މައްސަލައިގެ ތުޚުމަތުކުރެވޭ މީހުންގެ ނަންތަކެއް ހާމައެއް ނުކުރެވޭނެ އެއީ ރޯޔަލް ފެމިލީ ބައެއް ނިކަމެތިންގެ މައްޗަށް ތުޚުމަތެއް ކުރެވޭއިރަށް އެމީހެއްގެ ވަނަވަރު ހާމަކޮށް އޮރިޔާންވެސްކުރާނެ މީ ސަދޫމު

މުށި

ގޭ ކުދިން ކޮޅެއް ވީމަ.

ގޯރީ

އެމް އެމް ޕީ އާރ ސީ ގެ މައްސަލާގަަވެސް އެންމެންްގެ ނަމެއް ހާމައެއްނުކުރޭ ދޯ އަދިވެސް. އެވާހަކަ ނުދެއްކެނީކީއްވެ؟ މިކަހަލަ މީހުންނަށް ކިހިނެތް ފަޑިޔާރުކަން ކުރެވޭނީ.. ވަކިއަތަކަށްގޮސް ހުސްވެފަ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345