ފުލުސް ބަންދުގައި ތިބޭ މީހުންގެ ކަންކަން ބަލަން އެޗްއާރްސީއެމުން ދިއުމުން ދޭ އެހީތެރިކަން އިތުރުކޮށް ދިނުމަށް އެ ކޮމިޝަނުން ޕޮލިހާއެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރީ އެޗްއާރްސީއެމަށް އަލަށް ވަޑައިގެންނެވި މެމްބަރުންނާ ފުލުހުންގެ އިސްވެރިން ތައާރަފުވެ އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންކަމުގައި ދެފަރާތް ގުޅިގެން ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން ބޭއްވި ބައްދަލުވުމެއްގައެވެ.
މިދިއަ ބުދަ ދުވަހު އެޗްއާރްސީއެމްގައި ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ކަންކަން ބަލަން ކޮމިޝަންގެ މެމްބަރުން ޒިޔާރަތް ކުރުމުން ދޭ އެހީތެރިކަމާ އެއްބާރުލުން މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ދޭން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރި އިރު ފުލުހުން ހިންގާ އެކިއެކި އޮޕަރޭޝަންތަކާ މަގުމަތީގައި ހިނގާ ހަރަކާތްތަކާ އެއްވުންތަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ މައްސަލަތައް ބެލުމުގައި ފުލުހުން ދޭންޖެހޭ އެއްބާރުލުން އިތުރު ފޯރުކޮށްދިނުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރިއެވެ.