ވިޔަފާރި

މީޑިޔާ ނެޓަށް 10 އަހަރު: މުވައްޒަފުންގެ އަގު ވަޒަންކޮށްފި

މީޑިޔާ ނެޓަށް 10 އަހަރު ފުރުމާ ދިމާކޮށް، އެ ކުންފުނީގެ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް، ހާއްސަ ހަފުލާއެއް ބާއްވައިފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރެޑްކާޕެއް ހަފްލާ ޝަރަފުވެރިކޮށްދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީޑިޔާ ނެޓުގެ ހިއްސާދާރެއް ކަމަށްވާ ގާސިމް އިބްރާހިމް އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޗެނަލްތައް ވިއްކަމުން ގެންދާ ކުންފުނި ކަމަށްވާ މީޑިޔާ ނެޓުން މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގައި ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ހާއްސަ ހަނދާނީ ލިޔުމެއް ދީފައިވެ އެވެ. އެގޮތުން 10 އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި ބަރާބަރަށް ގަޑި ނުޖެހި އޮފީހަށް ހާޒިރުވެފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެ އެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މީޑިޔާ ނެޓުގެ ޖީއެމް އިބްރާހިމް ރަޝީދު ވިދާޅުވީ 10 އަހަރު ފުރިހަމަ ހިދުމަތްތަކެއް ދެވިގެން މިދަނީ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށެވެ.

"ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ފުރިހަމަ ހިދުމަތްތަކެއް ދިނުމަކީ މިއީ ކުރަމުންދާ މަސައްކަތަކީ،" ރަޝީދު ވިދާޅުވި އެވެ.

މީޑިޔާ ނެޓުން ގިނަ ޗެނަލްތަކެއް ދައްކަމުންދެ އެވެ. އެގޮތުން ހަބަރާއި މުނިފޫހި ފިލުވައިދޭ ޗެނަލްތަކާއި ކުޅިވަރު ޗެނަލްތައް ވެސް ހިމެނެ އެވެ.