ހަބަރު

ކުޑަކުދިންނަށް މަރުގެ އަދަބު ނުދެވޭ ގޮތް ހަދައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް --
0%
0%
0%

އުމުރުން 18 އަހަރު ފުރުމަށް ފަހުގައި ވެސް، އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތުވިޔަސް، އެ ކުށަކަށް މަރުގެ އަދަބު ނުދެވޭ ގޮތް ހަދާ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު މިއަދު ތަސްދީގު ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު ޖީހާން މަހުމޫދު ހުށައެޅުއްވި ބިލުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. އެ ބިލް ރައީސް ސޯލިހް މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ.

ބިލްގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވި ނަމަވެސް، އެ ކުއްޖަކަށް މަރުގެ އަދަބު ނުދެވޭ މާއްދާ އެވެ. އަދި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަންޖެހޭނެ ކަމަށް ވަނީ ހިމަނާފައެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ. އަދި ބަންދުގެ މުއްދަތު އިތުރު ކުރާނަމަވެސް ހަމަ އެފަދައިން އަމަލު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން އިސްލާހުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. މި އިސްލާހުގެ ދަށުން ޝަރީއަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ހާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަާކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މައުލޫމާތުތައް އެއްކޮށް އެ މަޢުލޫމާތުތައް ޝަރީއަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނެވެ. އަދި ޕްރޮބޭޝަންގައި ތިބޭ ކުދިން މޮނިޓަރކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޒ އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށް ލިބިދޭން ޖެހޭނެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޗަކޮއެ

18 އަހަރު ވުމަށްފަހުވެސް މަރުގެ އަދަބު ނާންނާނެތީ 18 އަހަރު ފުރެންދެން މީހުންމަރަމުން ދުވާނެދޯ މިއުޅޭ ގުރޫޕްތައް.

ކިނބޫ

ދެން މިމީހުން މީހުން މަރުވާނީ މީހުންގެ 18 ނުފުރޭ ޅަދަރިން ބޮލަށް އެރިގެން އެދަރިން ލައްވާ. މިއޮތީ މުސީބާތެއް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345