ހަބަރު

އޮޕަރޭޝަންގައި އަށް ތަނެއް ފާސްކުރި، ތިން މީހުން ހައްޔަރުކުރި

އިއްޔެއިން ފެށިގެން ސިފައިންނާއި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި މިހާރު ހައްޔަރުކޮށްފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބާއި ގުޅުން ހުރި އަށް ތަނެއް ބަލައި ފާސްކޮށް ތިން މީހަކު އިއްޔެ ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފި އެވެ،

އަދީބު ހައްޔަރު ކުރީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި ރައީސް އަބްދުﷲ ޔާމީން ވަހާރަކޮށްލަން މަސައްކަތްކުރެއްވުމުގެ ތުހުމަތަށެވެ. އެމަނިކުފާނު ހައްޔަރު ކުރުމަށްފަހު އިއްޔެ ފެށި ބޮޑު އޮޕަރޭޝަންގައި އަދީބާއި ގުޅުންހުރި ގޭގެ ބަލައި ފާސްކޮށް ބައެއް މީހުން ހައްޔަރުކޮށް ބައެއް ތަކެތި ގެންދިޔަ އެވެ. މި ބޮޑު އޮޕަރޭޝަންގައި ސިފައިންނާ ފުލުހުން ބައިވެރިވި އެވެ.

މި އޮޕަރޭޝަންގެ ދަށުން ފުލުހުންނާއި ސިފައިން ބަލައި ފާސް ކުށްފައި ވަނީ މ. ސެންނާގެއާއި، މއ. ޒުއްރިޔާނުމާގެ އާއި، ގ. ހުމަށި އާއި، ގ. އޮއިވާލި އާއި، މ. ހިރިނައިދޫ ގެ އިތުރުން މިފްކޯ ގޯތިތެރޭހުންނަ އަދީބުގެ ގަރާޖަކާއި ރެހެންދި ފްލެޓް 2 އަދި އެފް އޭ އެމް ހައުސް އެވެ.

ސިފައިންގެ ހާއްސަ ފައުޖެއް ހަތިޔާރާއެކު އެތަންތަނަށް ވެދެފައިވާއިރު ބައެއް ތަންތަނުން ފުލުހުންވަނީ ކޮތަޅުތަކުގައި ތަކެތި ނެރެ ފުލުހުންގެ ފުލުހުންގެ ބެލުމުގެ ދަށުގައި ގެންގޮސްފަ އެވެ.

މި އޮޕަރޭޝަންގައި އަދީބުގެ ގާތް ގުޅުމެއް އޮންނަ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓެ) ދިރިއުޅޭ ގ. އޮއިވާލި ގެއިންނާއި އަދީބުގެ ވެހިކަލް ގަރާޖުންނާއި ރެހެންދީ ފްލެޓް 2 އަކުން މީހުން ހައްޔަރު ކުރި އެވެ. ޖުމްލަ ތިން މީހުންނެވެ.

މި އޮޕަރޭޝަން އަދި ނިންމާލާފައެއް ނުވެއެވެ.
ރ