މާފުށި

ކާރެއް މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

Jan 13, 2021
10

ކ. މާފުށީގައި ދުއްވި ކާރެއް ކޮންޓްރޯލްނުވެ މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ކާރުގަައި ތިން މީހަކު ތިބި ކަމަށާ ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ މީހުންނަށް މާފުށީ ހެލްތް ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުންް ކާރު ވެއްޓުމުން އެވަގުތު ބަނދަރުގައި އޮތް ދެ ލޯންޗަކަށްވެސް ވަނީ ގެއްލުން ވެފައެވެ.

ފުލުހުން ބުނީ މޫދަށް ވެއްޓުނު ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.