ވިޔަފާރި

މި އަަހަރުގެ ފަހު ކުއާޓަރުގައި ދައުލަތުގެ އާމްދަނީ ނުވަ ޕަސެންޓް އިތުރުވާނެ

މި އަހަރުގެ ފަހު ކުއާޓަރުގައި ދައުލަތައް ޓެކުހުން ލިބޭނެ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 ޕަސެންޓް އިތުރުވާނެ ކަމަށް ޓެކްސް އިދާރާއިން އަންދާޒާ ކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.72 ބިލިއަން ރުފިޔާ އެވެ. އަދި ކުރިއަށް އޮތް ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 2.27 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ލިބުނު 2.47 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު ގާތްގަނޑަކަށް 9.9 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީރާގެ އަންދާޒާ ދައްކާ ގޮތުން އާމްދަނީގެ ބޮޑު އަދަދެއް ހިއްސާކުރާނީ މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްްސް (ޖީއެސްޓީ) އަށެވެ. މީގެ އިތުރުން ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ވާނީ ޓޫރިޒަމް ބިމު ކުލި ނުވަތަ، ޓޫރިޒަމް ލޭންޑް ރެންޓް އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައިވެސް ދައުލަތައް ވަނީ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. ތިންވަނަ ކުއާޓަރުގައި 3.64 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.