އިސްލާމީ މަރުކަޒަށް ވަދެ ބިދޭސީއަކު ބަރަހަނާ ވެެއްޖެ އެވެ.
މި ހާދިސާ ހިނގީ މިރޭ އިޝާ ނަމާދަށް ފަހު އެވެ. ބިދޭސީ މީހާ ފުރަތަމަ މިސްކިތަށް ވަނީ ސޯޓް ބުރިއަކާއި ޓީޝާޓެއް ލައިގެނެވެ. އެ މީހާ މިސްކިތަށް އަރާ އަތްމައްޗަށް ނަގައިގެން ހުރެ އަޑުގަދަ ކުރަން ފެށުމުން މިސްކިތުގައި ތިބި މީހުން ވަނީ އޭނާއާ ސުވާލުކޮށްފައެވެ.
އޭނާ ވަނީ ރަށައްދާން ބޭނުންވާ ކަމަށް ބުނެ އަޑުގަދަ ކޮށްފައެވެ. އަދި އޭނާ މިސްކިތުން ފައިބަން އެންގުމުން ވަނީ ފައިބައިގެން ގޮސްފައެވެ.
ނަމަވެސް އިރުކޮޅެއްގެ ފަހުން އޭނާ ވަނީ ބަރަހަނާވެ އަލުން މިސްކިތްތެރެއަށް ވަދެފައެވެ. އޭނާ ހުއްޓުވީ ފުލުހުންނާއި ސިފައިން އަދި އާންމުން ވެގެންނެވެ. އެ މީހާ ހައްޔަރު ކޮށްގެން ގެންދެވުނީ ގިނަ އިރުތަކަކު މިސްކިތުތެރޭ ބަރަހަނާގައި އުޅެފައިވަނިކޮށެވެ. މިސްކިތުގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުންވެސް ވެފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.