ހަބަރު

ބްރިޖް ކޮންޓްރެކްޓާ ބީލަން ހުޅުވުން ނޮވެމްބަރު 10 ގައި

Oct 26, 2015
1
  • ބްރިޖްގެ ދަށުން 12 މީޓަރު އުސް އުޅަނދު ތަކަށް ދެވޭނެ
  • މެދު ދިޔައިގައި ބްރިޖްގެ މައްޗާ ހަމައަށް 20 މީޓަރު
  • އިންޓަނޭޝަނަލް މިންގަނޑުގެ ބަރުދަނަށް ޓްރަކުގައި ކާގޯ އުފުލޭނެ

ހުޅުލެ މާލެ ގުޅުވައިދޭ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖް އަޅާ ކޮންޓެރެކްޓު ހޮވާ ބީލަން ހުޅުވުން އަންނަ މަހުގެ 10 ވަނަ ދުވަަހަށް ޝެޑިއުކޮށްފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖް ކޮންޓެރެކްޓާގެ ބިޑިން ޕްރޮސެސް ކުރިޔަށްދަނީ ޗައިނާގައި ކަމަށާއި އެކަމަށް ކުރިމަތިލި ކުންފުނިތައް ޝޯޓް ލިސްޓްކޮށް ދެ ކުންފުންޏަށް މަދުކޮށްފައިވާއިރު ނޮވެމްބަރު 10 ގައި ބިޑް ހުުޅުވައި އިވެލުއޭޓްކޮށް އަންނަ މަހުގެ ތެރޭގައި ކުންފުންޏެއް ހޮވައި މަސައްކަތް ހަވާލު ކުރާނެ ކަމަށެވެ.

"އެކަން ކުރާއިރު ރާއްޖޭގެ ޓީމެއް ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ޗައިނާއަށް ދާނެ އެ ހަފުލާގައި ބައިވެރިވާން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ބިޑް އޯޕަން ކުރާ ދުވަސް ކަމަށް މިހާރު ދީފައި އޮތް ތާރީހަކީ. އަދި ނޮވެމްބަރު މަހު ފައިނަލް ކުންފުޏާ މައްސަކަތް ހަވާލު ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވ ޑިސެމްބަރު މަހުގެތެރޭގައި ބްރިޖް ކޮންޓްރެކްޓާ މާލެ އައިސް ސެޓަޕް ހަދައި އަހަރު ނިމޭ ހިސާބުގައި މަސައްކަތް ފަށާނެ ކަމަށާއި އަހަރު ނިމުމުގެ ކުރިން ބްރިޖްގެ މަސައްކަތް ފަށާ ރަސްމީ ހަފުލާ ވެސް ބާއްވާނެ ކަމަށެވެ.

މި ބްރިޖަކީ އިންޖިނިއަރިންނަށް ބަލާއިރު ވަރަށް ޓެކްނިކަލީ ޗެލެންޖިން މަސައްކަތެއް އޮތް ބްރިޖެއް ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ 2018 އިގެ ކުރީ ކޮޅަށް މަސައްކަތް ނިންމާއިރު މަސައްކަތުގައި ކަނޑުގެ ސީބެޑްގެ އެކި ހިސާބުގައި 70 މީޓަރު އަޑިއަށް ތަނބު ޖަހާނެ ކަމަށާއި ބޯހޯލް ތޮރުފި ހުރިހާ ދިމާއަކީ ތަނބުޖަހާ ތަންތަން ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖާ ހުޅުމާލެއާ ދެމެދަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އޮންނާތީ އެހިސާބުން އިންޓަނޭޝަނަލް މިންގަނޑަށް ސަސްޕެންޝަން ބްރިޖަކަށް ބޭންވާ އުސްމިން ނުލިބޭ ކަމަށާއި ނަމަވެސް އެކަންކަމަށް ބަލައިގެން ބްރިޖް ހަދަނީ ވަރަށް ފުރިހަމައަށް މޮޅަށް އަދި ބަލައިލަން ވެސް ރީތިކޮށް ކަމަށެވެ.

"އެއާޕޯޓްގެ ރަންވޭ މައްޗަށް ނުގެންގޮސް އަލަށް ހަދާ ރަންވޭ އާއި މިހާރުގެ ރަންވޭއަށް ބަލާއިރުގައި މެދު ނުކެނޑި ބްރިޖްގެ ބޭނުން ކޮށް ރަންވޭ ބޭނުން ކުރާ ވަގުތުތަކުގައި ވެސް ހުޅޫމާލެ އަށް ދާ މަގުން ހުރަހެއް ނެތި ދަތުރު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަށް ހުޅުލޭ ކޮޅުން ވަކި ސަރަހައްދެއް ހިއްކައި ރިވެޓްމެންޓް ޖަހައި ހާއްސަ ސްޓަރަކްޗާއެއް ގާއިމު ކރާނެ ކަމަށާއި އެއީ ބަލައިލަން ވެސް ރީތި އަދި ފަންނީ ގޮތުން ވެސް ފުރިހަމަ މަސއްކަތަކަށްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

  • ބްރިޖްގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭނެ
  • މެދު ދިޔައިގައި ބްރިޖްގެ މައްޗާ ހަމއަށް 20 މީޓަރު ހުންނާނެ
  • އިންޓަނޭޝަނަލް ބަރުދަނަށް ކާގޯގެ ޓްރަކްތަކަށް ދަތުރު ކުރެވޭނެ

މިނިސްޓަރު ވިދަޅުވީ ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްހެ އެންމެ އުސް ހިސާބާ ހަމައަށް 20 މޓަރު ގެ އުސް މިން ހުންނާނެ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެން ކަމަށެވެ.

"ކާގޯ ފުުލްކޮށް ލޯޑް ކުރިޔަސް މައްސަލައެއް ނެތް، ޓްރަކިން ލޭން އަކީ މުސްތަގުބަަލަށް ބެލިޔަސް ބްރިޖްގެ ފައިދާ ލިބެނެ ގޮތް، އަދި ހާއްސަކޮށް ވިިލިމާލެ އާއި ތިލަފުއްޓާ ގުޅިގެންދާއިރު ، އެހެންވީމަ މި މަސއްކަތުގައި ކާގޯ ޓްރަކިންނަށް ބަލާފައިވާނެ،"