އިދިކޮޅު ފަރާތްތައް

އިދިކޮޅު މުޒަހާރާ ހުކުރު ދުވަހު ފުޅާކޮށްލަނީ

Jan 26, 2021
ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅުން މިދިއަ ހޯމް ދުވަހު މާލޭގައި ކުރި މުޒާހަރާ: އަންނަ ހުކުރު ދުވަހު ވެސް މުޒާހަރާ ކުރާނެ -- އަވަސް ފޮޓޯ: އާއިމް ޒަމީރު
0%
0%
0%

އިދިކޮޅުން ދެ ޕާޓީން އަންނަ ހުކުރު ދުވަހު މާލެ އާއި އަތޮޅުތަކުގައި މުޒާހަރާއެއް ކުރަން ނިންމައިފި އެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީ ހިމެނޭ އިދިކޮޅު ކޯލިޝަނުން މިރޭ ބުނީ ހުކުރު ދުވަހުގެ މުޒަހާރާ މުޅި ރާއްޖޭގައި ބާއްވާނެ ކަމަށާއި އެ މުޒާހަރާގައި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ބައިވެރިވެ އެ މަނިކުފާނު މިނިވަން ކުރަން ސަރުކާރަށް ގޮވާލާނެ ކަމަށެވެ.

ހުކުރު ދުވަހު ފުޅާ މުޒާހަރާއެއް ބާއްވަނީ "އިންސާފު ކޮބައި؟"ގެ ނަމުގަ އެވެ.

އިދިކޮޅުން ބުނީ އެ މުޒާހަރާއަކީ ރާއްޖޭގައި މިހާރު އެއްވެސް ކަމެއްގައި ނުލިބޭ އިންސާފު ހޯދުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަށް އިންސާފު ހޯދަން ގޮޮވާލައި ޝުއޫރު ފާޅު ކުރާނެ މުޒާހާރާއެއް ކަމަށެވެ. ހުކުރު ދުވަހު މާލޭގެ ސޯޝަލް ސެންޓަރު ކައިރިން މުޒާރާ ފަށައި ނިންމާނީ ޕީޕީއެމް އޮފީސް ކުރި މައްޗަށެވެ.

ސުލްހަވެރި އިހުތިޖާޖެއްގެ ގޮތުގައި އެހެން ރަށްރަށުގައި މި މުޒާހަރާ ކުރިޔަށް ގެންދާއިރު މުޒާހާރަށް ބޭނުންވާ ހުއްދަތައް ވެސް ހޯދާނެ ކަމަށް އިދިކޮޅުން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެކި ވަގުތުތަކުގައި އެއްވެ މުޒާރަހަރާ ކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345