މޯލްޑިވްސް ޕްލިސް ސާވިސް ހިންގެވުން މިވަގުތަށް ކުރައްވާފައިވާ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފާއި ބައްދަލުކުރެއްވުމަށް އެމްޑީޕީން އެދިއްޖެ އެވެ.
އެމްޑީޕީން އަރީފަށް ފޮނުވި ސިޓީގައި ޕާޓީގެ ފަރާތުން ބައްދަލު ކުރަން އެދުނުކަން ފިޔަވައި އިތުރު ތަފުސީލެއް ނުދެ އެވެ.
އަރީފަކީ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސްގެ ރޭންކުގައި ހުންނަވަނިކޮށް، ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ޕްރޮމޯޓްކޮށް ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވާ ބޭފުޅެކެވެ.