މޯލްޑިވްސް ޕޮލިސް ސާވިސް

މިސްކިތުގައި މަރާމާރީ ހިންގި އިންޑިއާ މީހާއަށް ދައުވާ ނުކޮށް ފޮނުވާލަނީ

Jan 28, 2021

މި މަހުގެ މެދު ތެރޭގައި މާލޭ ސިޓީގެ ހުޅުމާލޭގެ މިސްކިތަކަށް އަރައި އެ މިސްކިތުގައި އިން ދޮށީ އުމުރުގެ ދިވެއްސަކު މިސްކިތުން ނެރެން މަސައްކަތްކޮށް ގަޔަށް އަތްލައި މާރާމާރީ ހިންގި އިންޑިއާ މީހާއަށް ދައުވާ ކޮށްދޭން ފުލުހުން އެދުމުން އެ މީހާ ޑީޕޯޓް ކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވައިފި އެވެ.

ޖަނަވަރީ ނިންމޭ ދަނިކޮށް މިއަދު ފުލުހުން ބުނީ ހުޅުމާލޭގެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް ހައްޔަރު ކުރި އިންޑިއާ މީހާގެ މައްސަލައިގެ ތަހުގީގު ނިންމައި މިދިއަ ހަފުތާގައި ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. ނަމަވެސް އެ މީހާ ޑީޕޯޓްކޮށްލަން ޕީޖީ ނިންމެވުމުން މިހާރު އިމްގްރޭޝަނާ އެމީހާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ އެ މީހާ ހުޅުމާލޭގެ އަޒީޒާ މިސްކިތަށް އަރައި މާރާމާރީ ހިންގީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އޭނާ މިސްކިތަށް އަރައި ދިވެހި މީހާއަށް ހަމަލާ ދިނީ ގައިން ނުބައި ވަހެއް ދުވާ ކަމަށް ބުނެ އެވެ.

އޭރު ވެސް އެ މީހާ ހައްޔަރު ކުރި ކަމަށް ނުބުނެ ފުލުހުން ބުނީ "އިންޑިއާ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި" ކަމަށެވެ. އޭގެ ފަހުން އޭނާ މައްސަލާގައި އަޕްޑޭޓެއް އާއިރު ޕީޖީ ނިންމެވީ އެ މީހާ ޑީޕޯޓް ކޮށްލާށެވެ. ނަމަވެސް މި ނިންމުން އައިރުވެސް އެއީ ކޮން ބޭނުމަކު މިސްކިތަށް އެެރި މީހެއްކަން ސާފު ކޮށްދީފައެއް ނުވެ އެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މާރާމާރީ ހިންގި އިންޑިއާގެ އެ މީހާއަކީ މަސްތުވެގެން ގޮސް މިސްކިތަށް އެރި މީހެކެވެ. ފަހަކަށް އައިސް ރާއްޖޭގައި އުޅޭ އިންޑިއާގެ ބައެއް މީހުންގެ ފަރާތުން ތަފާތު ގިނަ ހާދިސާތައް ފެންމަތިވަމުން ދެއެވެ. އޭގެ ތެރޭގައި މީހުންގެ ރޭޕްކޮށް އިއްފަތް ފޭރުމާއި އިސްމާމް ދީނަށް ފުރައްސާރަ ކުރުމާއި ރާއްޖޭގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންކަން ހިމެނެ އެވެ.

އިންޑިއާގެ މީހުންނާ ގުޅޭ މައްސަލަތަކާއި ދީނަށް ފުރައްސާރަ ކުރުމާބެހޭ މައްސަލަތަކުގައި ޖަވާބު ދިނުން ދިވެހި ފުލުހުން ލަސް ކުރާއިރު ގިނަ މައްސަަލަތަކުގެ ހަގީގަތް ސާފުވުމުގެ ކުރީން އެ މީހާ ރާއްޖެއިން ފޮނުވާލަ އެވެ.

ފުލުސް އިދާރާގެ ކަންކަ ކަމާގުޅޭ ގާނޫނީ ބެލެނިވެރި ފަރާތަކީ ހޯމް މިނިސްޓަރެވެ. ރާއްޖޭގެ ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ އޭނާގެ ޕާޓީގެ އެންމެ އިސް މަގާމަށް އަލުން ވަޑައިގަތުމަށް ކުރާ ކެމްޕޭނުގައި ދީނަށް ފުރައްސާރަކޮށް ގޮން ޖަހާއި ސަރުކާރެއް / ކޯލިޝަނެއްގައި ނުހުންވާނެ ކަމަށް ވިދާޅުވީ މިދިއަ ހަފުތާގަ އެވެ.

ރާއްޖޭގެ މިހާރުގެ ސަރުކާރާ އިންޑިއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އަދި 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ ވެސް އެންމެ މުހިންމު ގައުމަކަށް ބަލައިގެން އުޅެނީ ފަސް ލައްކައެއްހާ މީހުންގެ އުޅޭ ދިވެހި ރާއްޖެ އެވެ.