ހަބަރު

ޑިއުޓީގެ ގޮތު މިއަހަރު މިހާތަނަށް 1.63 ބިލިއަން ރުފިޔާ

އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14 ޕަސެންޓް އިތުރުވެއްޖެއެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.43 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް 1.63 ބިލިއަން ރުފިޔާ ލިބުނު ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ހިސބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އެއް ޕަސެންޓް އިތުރުވެފައެވެ.

މިއަހަރުގެ މިހާތަނަށް 23.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 23.3 ބިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސް އިން ބުނީ އިމްޕޯޓު ހިސާބުކުރަނީ މުދަލުގެ އަގުން ކަމަށްވާތީ އަދި ރާއްޖެއަށް އެތެރެކުރާ ދަލުގެ ބޮޑު ބައެއް ބިނާވެފައި އޮންނަނީ ތެލުގެ ބާވަތްތަކަށް ކުރެވޭ ހޭދައަށްވުމުން މިދިޔަ އަހަރާ އަޅާބަލާއިރު ދުނިޔޭގެ ބާޒާރުގައި މިއަހަރު ތެލުގެ އަގު އެވްރެޖްކޮށް ވަރަށް ބޮޑަށް ދަށްވެފައިވާ ވުމަކީ، ރާއްޖޭގެ އިމްޕޯޓު އިތުރުވަމުން އައި ނިސްބަތް ދަށްވެފައިވާ މައިގަނޑު ސަބަބު ކަމަށެވެ.

މިގޮތުން، މިދިޔަ އަހަރު، މެޓްރިކް ޓަނެއް ގެ އަގު އެވްރެޖްކޮށް 15,000ރ. ހުރި އިރު މިއަހަރު މެޓްރިކް ޓަނަކަށް އެވްރެޖްކޮށް ޖެހިފައިވަނީ 8,800 ރ. އެވެ. މިއީ ގާތްގަނޑަށް 52 ޕަސެންޓް ދަށްވުމެކެވެ. ތެލުގެ ބާވަތްތަކަށްކުރެވުނު ހޭދަ ފިޔަވައި، މިދިއަ ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުގެ ކުރި މުދަލުގެ އަގު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ 20 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަގުވެސް ވަނީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 43 ޕަސެންޓަށް ވަނީ އުފުލިފައެވެ. މިދިޔަ އަހަރު ސެޕްޓެމްބަރުގެ ނިޔަލަށް 1.98 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު މިއަހަރު މި އަދަދު ވަނީ 2.84 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.