ޖިންސީ ފުރައްސާރަ

ކުޑަ ކުއްޖަކާ ބެހުނު މުސްކުޅިއަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މުސްކުޅިއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، ވ) ގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖެއްގެ ހާޒިރުގައި އެކި ދުވަސްމަތިން ޖިންސީ އަމަލެއް ހިނގި ކަމުގެ ތުހުމަތަށް މުސްކުޅިއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. 64 އަހަރުގެ އެ ފިރިހެން މީހާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކަންބޮޑުވާން ޖެހޭ މިންވަރަކަށް ދަނީ އިތުރުވަމުންނެވެ. އެ ފަދަ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރު ކުރި ނަމަވެސް އިންސާފު ނުލިބި ކުށްކުރާ މީހުން އަލުން މުޖްތަމައުގެ ތެރެއަށް ދޫވެގެން ދެއެވެ.