ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކާފިއު ގަޑީގައި 200 އަށްވުރެ ގިނަ ފުލުހުން އުޅޭނެ

މާލެ ސަރަަހައްދުގެ ކާފިއު ވަގުތުތަކުގައި މޮނިޓާކޮށް ޕެޓްރޯލް ކުރަން 200 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާ ކަމަށް ފުލުސް އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ އެޗްޕީއޭ އިން ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކުގެ 165 ފުލުހެއްގެ އިތުރުން ފުލުހުންގެ 44 ސީނިއާ އޮފިސަރަކު ކާފިއު ގަޑީގައި ހަރަކާތްތެރިވާނެ ކަމަށެވެ. ދެ ޝިފްޓަށް ބަހާލައި 209 ފުލުހަކު މާލެ ސަރަހައްދުގެގެ ޕެޓްރޯލްގައި ބައިވެރިވާނެ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ބޮޑު ބައެއް ކޮވިޑްގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެޗްޕީއޭ އިން ވަނީ ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ކާފިއު އިއުލާނުކޮށްފަ އެވެ. އަދި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނަލެވެ.