ގއ. މާމެންދޫ

މާމެންދޫ މާރާމާރީ: ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް

Feb 9, 2021
ގއ. މާމެންދޫ؛ މިރޭ އެ ރަށުގައި މާރާމާރީއެއް ހިންގާ ކުޑަކުއްޖަކު ވަނީ މަރާލާފައި --
0%
0%
0%

ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް އޭނާއަށް ފަރުވާ ދެމުންދާ މާމެންދޫ ސިއްހީ މަރުކަޒުން ބުނެފި އެވެ.

ގއ. މާމެންދޫގައި ދެ ގުރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. އަދި އިތުރު ޒުވާނަކު ޒަހަމުކޮށްލާފައިވެއެވެ. އެއީ ދެބެއިންނެވެ. މާރާމާރީގައި މަރުވެފައިވަނީ 17 އަހަރުގެ އަހުމަދު އުދައްޔުއެވެ.

އުދައްޔުއަށްވެސް ފުރަތަމަ ފަރުވާ ދިނީ މާމެންދޫ ސިއްހީ މަރުކަޒުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އެ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އުދައްޔު ވަނީ މަރުވެފައެވެ.

މާމެންދޫ ސިއްހީ މަރުކަަޒުން ބުނީ ޒަހަމުވެގެން ފަރުވާ ދެމުންދާ ޒުވާނާގެ ހާލުވެސް ސީރިއަސް ކަަމަށެވެ. އެހެން ކަމުން އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ޒުވާނާގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ވަނީ ފުންކޮށް ހަމަލާދީފައެވެ. އެ ޒަހަމުތަކާއި ގުޅިގެން ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ފައިބާފައިވެއެވެ.

މި ހާދިސާގެ މައުލޫމާތު ދެއްވާ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ހިންގަން ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް ހަވާލުކޮށްފައިވާ ކަމަަށާ އެ ޓީމުގައި ހިމެނޭ ފުލުހުން މާދަމާ މާމެންދޫއަށް ދާނެ ކަމަށެވެ. ސީޕީ ވަނީ ތަހުގީގަށް އާންމުންގެ އެހީތެރި ކަމަށްވެސް އެދިފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345