އަހުމަދު އުދައްޔު

އުދައްޔުގެ މަރު: ދެ މީހަކަށް މުއްދަތު ޖަހައިފި

ގއ. މާމެންދޫގައި މާރާމާރީ ހިންގައި ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހެއްގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ރޭ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ކޯޓުން 15 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައިވާއިރު، އަނެއްކާވެސް އިތުރު 10 ދުވަސް ޖަހައިފިވާ ކަމަށެވެ.

މި މާރާމާރީ އާއި ގުޅިގެން ޖުމްލަ ފަސް މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރު އަދި 18 އަހަރުގެ ދެ މީހުންނާއި 25 އަހަރުގެ މީހެކެވެ.

ވަރުގަދަ، ގްރޫޕް މާރާމާރީއެއް ހިންގައި މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ. ފުލުހުން ބުނީ، އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭރަށް ފޮނުވުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.