އަހުމަދު އުދައްޔު

އުދައްޔުގެ މަރު: މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފި

ރަހުމް ކުޑަ ހަމަލާތަކުގައި މަރާލި އުދައްޔު --
0%
0%
0%

ގއ. މާމެންދޫގައި މާރާމާރީ ހިންގައި ރޭ ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި މީގެ ކުރިން ތިން މީހަކު ހައްޔަރުކުރި އެވެ. ކޯޓް އަމުރެއްގެ ދަށުން އޭރު ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ މީހަކާއި 23 އަހަރު އަދި 18 އަހަރުގެ މީހެކެވެ.

ފުލުހުން މިރޭ ބުނީ ފަހުން ހައްޔަރުކުރި ދެ މީހުންނަކީ އުމުރުން 25 އަހަރާއި 18 އަހަރުގެ މީހެއް ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީވެސް ކޯޓް އަމުރެއްގެ ދަށުންނެވެ.

ވަރުގަދަ، ގްރޫޕް މާރާމާރީއެއް ހިންގައި ރޭ މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ. ފުލުހުން ބުނީ އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބާގިރު

ޔަގީންވާ ކަމަކީ އިންސާފެއް ނުލިބޭކަން

ދިމް

ވަރައް ހީނުވޭ އިންސާފް ލިބޭނެހެން

މަދީހް

އަހަރުންނައް ހެވޭ ހައްޔަރު ނުކުރިޔަސް.ބޭނުމީ ތިފަދަ ކަންްކަމައް އިންސާފުވެރި ޝަރީއތެއް

ސަޅި

ދެން މާދަމާ ދޫކޮއްލާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345