އަހުމަދު އުދައްޔު

އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަނީ

މާރާމާރީގައި މަރުވި އަހުމަދު އުދައްޔު: ސަތާރަ އަހަރުގެ އުދައްޔު މަރުވީ މާރާމާރީގައި ލިބުނު އަނިޔާތަކުގެ ސަބަބުން
0%
50%
50%

ވަރުގަދަ، ގްރޫޕް މާރާމާރީއެއް ހިންގައި ރޭ މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިިފި އެވެ.

ފުލުހުން ދެންމެ ބުނީ އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގއ. މާމެންދޫގައި ރޭ 11:00 ޖެހި އިރު ޒަހަމް ކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލީ އަހުމަދު އުދައްޔުގެ މަރުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ދިވެހި ތިން ފިރިހެނަކު ކަމަށެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރު އަދި 18 އަހަރުގެ މީހެކެވެ. މާމެންދޫ މަރާއި މާރާމާރީއާ ގުޅިގެން ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމަންޓުން ވަނީ ތަހުގީގު ފަށައި އެ ރަށަށް ޓީމެއްވެސް ފޮނުވާފަ އެވެ.

ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހްމަދު ވިދާޅުވި ގޮތުގައި އުދައްޔު އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ. އޭނާގެ ބުރަކައްޓަށް ވަޅީން ގިނަ ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް އަދި އެއްތަނަކަށް އެތައް ފަހަރަކު ވަޅި ޖަހާފައި ވެއެވެ. މި މާރާމާރީގައި އުދައްޔުގެ ބޭބެވެސް ވަނީ ޒަހަމްކޮށްފައެވެ. އޭނާގެ ހާލު ވެސް ދެރަ އެވެ.

މިއީ މާރާމާރީތަކުގައި މީހުން މެރުމުގެ ސިލްސިލާތަކަށް ހުއްޓުމެއް އައިސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ހިނގި ހާދިސާއެކެވެ.

15 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢެދުރުބޭ

އަޅެފަހެ ވިސްނާވިސްނާވެސް މިކުއްޖާ ޕޯސްޓްމާޓަމް ހަދަން ޖެހުނު ސަބަބެއ ނޭންގުނު އެކުއްޖާ މަރުވިސަބަބު ވަރަށް ރީތިކޮށް ދުވާލުގެ އަލި ފަދައިން އެނގެން އޮށްވާ

ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަހ

ޕޯށްޓް މޯޓަން ހަދަނީ މަރުވި ގޮތް ނޭގޭނަމަތާ، މަރާލިކަމާއި މަރާލި މީހުން ކަމަށް ޝައްކުވާ ބަޔަކުތިބި އިރު ޕޯސްޓު މޯޓަން މުހިންމުވާނެތޯ ؟ ފަހަރުގައި ޑުރަގް އޯވާ ޑޯޒް ވެގެން މަރުވީކަމަށް ވެސް ވެދާނެ

ނޭންގޭތީ...

ހަބަރު ފަތުރާ ވަސީލަތް ތަކުން ވ ތަފްސީލުކޮށް ރިޕޯރޓެއް ގެނެސް ދެވިދާނެތޯ ޕޯސްޓްމޯޓަމް އަކީ ކޮބައިކަމާއި، ޕޯސްޓްމޯރޓަމް ހަދަންޖެހޭ ހާލަތްތަކާއި، ދީނީގޮތުން މިކަން އޮންނަގޮތް؟ އޮޅޭ ވަރުން ސާފުކޮށްލަން ބޭނުންވާތީ އާއި އެހެން ބޭފުޅުންގެ ވެސް މައޫލޫމާތު މުއްސަނދި ވާނެ ކަމަށް ފެންނާތީ އޮޅުންފިލުވާލަން ބޭނުންވީ.

ހަސަނުގ

ތިހުރީ 17 އަހަރު ގަ ހުރި ސިފަ. ދެން މަރުވިގޮތް ނޭނގިގެންތަ ޕޯސްޓްމޯޓަމް ހަދަނީ؟؟؟ މެރިމީހުން، މެރިގޮތް ހަމަ ނޭނގެނީތަ؟؟ އޯ ޕޯސްޓްމޯޓަމް ހަދާލީމަ ސަޅިއެއްނުދޯ.

ޒާހިޔާ

ދިވެހި ޖީލު ނެއް ފެންނަން ވެސް.މެދު އުޑުގަ ފިޔަ ޖަހާވަރުން 😭

÷ޕޯސްޓް މޯޓަމް

ކީއްކުރަންށޯ ޕޯސްޓްމޯޓަމް ހަދަނީ؟؟؟؟

ހަސަނުގ

ހަހަހަހާ.. އެވެސް ކުރެވޭ ކަމެއްކަން ދައްކާލަން. ގަމާރު ވިޔަސް ބޮޑުވަރު.

ފައްލާ

އާއިލާ އައް ދޮ އަސްލު ބެހެވޭނީ މިޒާތު ކަންކަމާ

ދަރުބާރު

ކީކުރަން ދެން.ތީގަ އެބައޮތްތޯ ނޭނގޭ ކަމެއް

އަންނި

ބޭކާރު ހަރަދުކުރާ ސަރުކާރު

ހައިރާން

އަހަންނަކަށް ނޭންގެ ދެން ޕޯސްޓް މޯޓަ މް ހަދަންޖެހޭ ސަބަބެއް އެބައޮތްބާ! މަރުވީ ސަބަބު ހަ މަނޭންގެނީބާ! ސުވާލު އުފެދޭތީ ހަ މަ އަހާލީ. އެނގޭ މީހަކު ހުރިނަ މަ އޮޅުންފިލުވާލަދިނުން އެދެން.

ސައިހާ

ގައްޑާ ވާން ވެގެން.އާން އެހެންނާ ފުލުހުންނައް އިނގޭ ވިއްޔާ ކަމެއް ނުވާ ބައެއްކަން

123454332

މިގައުމަކީ ބޮޑު ޖޯކަކައް ވެއްޖެ، ޕޯސްޓްމޯޓަމް ހަދަނީ މަރުވި ސަބަބު ނެއެގޭ މަރުތަކުގަ، މިހާރު ދެންމި ކަންތަކާލައިގަތީ، ގޮތްނެއެގޭ މަރުތަކުގެ ތިކަންކުރަންވީ،

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345