ހަބަރު

ހައްޔަރު ކުރާއިރު ނައިބު ރައީސަށް އިސްތިސްނާއެއް ނޯވޭ: އޭޖީ

Oct 28, 2015
1

ނައިބު ރައީސް ޖިނާއީ ތުހުމަތެއްގައި ބަންދުކުރާއި ހާއްސަ އިސްތިސްނާއެއް ނޯންނަ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ނައިބު ރައީސެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވިގެން ތަހުގީގަށް ހައްޔަރުކޮށްފައި ބަހައްޓާއިރު އެހެން މީހުންނާ ތަފާތު އިނާއަތްތަކެއް ނޯންނަ ކަމަށެވެ.

މި މޭރުމުން ބަންޑާރަ ނައިބު ވާހަކަފުޅު ދެއްކެވީ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫގައި ބަންދުކޮށްފައި ހުންނަ ތަނުގެ މައްސަލަ ފެންމަތިކޮށްފައިވާތީ އެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ ނައިބު ރައީސް ބަހައްޓާފައި ވަނީ އިތްޒަތްތެރިން ބަހައްޓާ ތަނެއްގައި ކަމަށެވެ.

އަނިލް ވިދާޅުވީ ޖިނާއީ ތުހުމަތެއް ކުރެވުމން އަމަލު ކުރަންޖެހޭނީ އެންމެން ހަމަހަމަކޮށް ކަމަށާއި ނައިބު ރައީސްވިޔަސް ވަކި އިސްތިސްނާއެއް ނޯންނަ ކަމަށެވެ.

ނައިބު ރައީސް ހައްޔަރު ކުރީ "ފިނިފެންމާ" ލޯންޗުގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހާދިސާއާ ގުޅިގެން ގައުމަށް ގައްދާރުވުމުގެ ތުހުމަތުގަ އެވެ.