މަރު

ގެއެއްގައިި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގަލޮޅު ގެއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:45 އެހާކަން ހާއިރު ކަމަަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.