ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓި މީހަކު މަރުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓީގެ އިރުދެކުނުން 165 މޭލު ބޭރުން ދަތުރުކުރަމުން ދިޔަ ކާގޯ ބޯޓެއްގައި ހުރި ފަޅުވެރިއަކު ވެއްޓި އޭނާއަށް އަވަސް ފަރުވާއަށް ބޭނުން ވެގެން ސިފައިންގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހުއްދައާއެކު އައްޑޫ ސިޓީއަށް އޭނާ ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވުނީ މިރޭ ބާރަށް ކައިރިވެފައި ހުއްޓައެވެ. ނަމަވެސް އޭރު އޭނާ ވަނީ މަރުވެފައެވެ. އެއީ ބިދޭސީއެކެވެ. އޭނާ ނިސްބަތް ވަނީ ލަންކާއަށެވެ.
އައްޑޫ މިވަގުތު އޮތީ އެޗްޕީއޭގެ މޮނިޓަރިންގައި އަރާފޭބުން މަނާކޮށްފައެވެ.