މާރާމާރީ ހިންގުން

ފެންފުށީ ކައުންސިލްގެ ނާއިބު ޒަހަމްކޮށްލައިފި

އދ. ފެންފުށި
66.7%
0%
33.3%

އދ. ފެންފުށީގައި ހިނގި މާރާމާރީއެއްގައި އެރަށުގެ ކައުންސިލްގެ ނައިބު ރައީސް ޒަހަމް ކޮށްލައިފި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ޒަހަމްވެފައި ވަނީ ކައުންސިލްގެ ނާއިބު ރައީސް މޫސާ އަލީ އެވެ. އެ މާރާމާރީގައި އޭނާގެ ބޯ ވަނީ ފަޅައި ގެންގޮސްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ފެންފުށީގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ 8:30 ގައި ރިޕޯޓް ކުރި ކަމަަށެވެ. އަދި އެ މައްސަލައިގައި 26 އަހަރުގެ މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ހާދިސާގެ އިތުރު ތަފްސީލް ފުލުހުންނާއި ކައުންސިލްއިން ލިބޭ ގޮތެއް އަދި ނުވެ އެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަދީނާ

ސޯސޭޑް 😫

އަރުމް

މި އެއްޗިހިން ބިރުވެސް ނުގަންނަނީތަ އަޅެ

ހައުލާ

😭😭

ސަމޫސް

ކުއްވެރިންނައް ހައްގު އަދަބު ނުލިބުމަކީ ވ ކަޑަމެއް.މީ އިސްލާމީ ގައުމެއް ވިއްޔާ.މިކަންކަން މިހެން ހުންނަ އިރުވެސް އިސްލާމީ ސަރީއަތް ނުހިނގުމަކީ ނުރައްކާތެރި ކަމެއް

މުންޒާ

އައުޒަމް.އެނީ އަޕްޑޭޓް؟ވީގޮތެއް އެނގިލަންވެސް ބޭނުން ވާނެތާ

އިސްޙާޤް

މިނޫންކަމެއް މިރާއްޖެ އަކު ނެއް.މިދެން ބޮޑު ވޭނަކައް ވެއްޖެ.ރައްފުއްވެސް މާލެ އައްވުރެއް ބިރުވެރި މިހާރު

ޢާދަނުބެ

މީހުންގެ ފުރާނަޔަށް ގެއްލުންދިނުން އާންމުކަމަކަށްވެއްޖެ އަދިވެސް ޒުވާނުން ހަލާކުކުރަން ސަރުކާރުންވެސް އުޅެނީ ލަވަޔާ މިއުޒިކު އަޑުނޭހިގެން ބަލަ ލަވަޔާ ނިއުޒިކު އަޑުހަން ތިއްބަ ބޯފަޅާލީމަ ކޯޗަކަށްއެވީ ފުރަތަމަ މި ގައުމަކީ އަމާންތަނަކަށްހަދާބަލަ ރައަިތުންނަށް ބިރަކާނުލާ މަގުމަތީގަޔާ އެހެންތަންތާގަ ރަށްކާތެރި ކަމާއެކީ އުޅެވޭނެގޮތް ހަދާބަލަ މިހާރު އެކަކަށްވެސް ޔަގީންކަމެތް ނޯންނާނެ މަގުމަށްޗައް ނިކުމެފަ ސަލާމަތުން ގެޔައްވަދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެތް އެހާވެސް މި ގައުމު ބިރުވެރި

ސާނާޒް

މިހުންނަނީ ވ ދެރަކަންކަން.މިކަންކަމައް އަދަބު ނުލިބޭތީ ކުރާމީހުންނައް ވެސް ހިތްވަރު ލިބެނީ

އިއްބޭ

ޝަފާކައްﷲ.ވވދެރަވެއްޖެ 😭

ޖުނޭދް

ކީވެގެން ކުރިކަމެއްތަ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345