ޕީޕީއެމް

ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓް ދޫކޮށްލައިފި

ޗެނަލް-13 އިން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓް އަބްދުއް ސަމަދު ދޫކޮށްލައިފި އެވެ.

އޭނާ ހައްޔަރު ކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން ލައިވް އިންޓަވިއުއެއްގައި ފުލުހުންތަކަކަށް ނިސްބަތްކޮށް "އެ ފުލުހުންތައް ކޮށާލާނެ" ކަމަށް ބުނެ އިންޒާރުދީ ބިރުދެއްކި ކަމަށް ބުނެ އެވެ.

ނަމަވެސް އެ މައްސަލައިގައި މިއަދު ސަމަދު ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލައިފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަބްދުއްސަމަދު ފުލުހުން "ކޮށާލާނެ ކަމަށް" ބުނެ ވާހަކަ ދެއްކީ މުޒާހަރާއަކުން ހައްޔަރުކޮށް ދޫކޮށްލުމުން ދިން އިންޓަވިއުއެއްގަ އެވެ. އޭނާ ބުނީ ހައްޔަރުކޮށް ޖަލުގައި ބެހެއްޓީ ފުލުހުންތަކެއް ދޮގު މައުލޫމާތުތަކެއް ދީގެން ކަމަށެވެ. އެ ފުލުހުންނަށް އިންޒާރުދިނީ އޭގެ ފަހުންނެވެ.