ހަބަރު

ބަލައި ފާސްކުރާ ގެއެއްގެ ތެރެއިން ފިސްތޯލައެއް ފެނިއްޖެ

Oct 30, 2015
6
  • މިރޭ ބަލައި ފާސްކުރީ ހަތަރު ގެއެއް
  • އެ ތަންތަން ފާސް ކުރީ ހަތިޔާރު އެޅި ސިފައިން
  • ފިސްތޯލަ ފެނުނީ މއ. ގޯލްޑަން ބީމް އިން

ސަލާމަތީ ބާރުތަކުން ވަދެ ބަލައި ފާސްކުރަމުން އަންނަ ގެތަކުގެ ތެރެއިން އެއް ގައަކުން ފިސްތޯލައެއް ފެނިއްޖެ އެވެ. އެނގިފައިވާ ގޮތުގައި ފިސްތޯލު ފެނިފައި ވަނީ މއ. ގޯލްޑަން ބީމް ބަލައި ފާސްކުރަނިކޮށެވެ.

ދެން ފާސް ކުރަނީ ހަމަ އެގެއާ އިންވެގެން ހުންނަ ގޯލްޑަން ބީމް އާއި ފަލްސާ ކިޔާ ގެ އެއް ކަމަށް ފުލުހުން ބުންޏެވެ. އެ ދެ ގެ ވެސް ބަލައި ފާސް ކުރަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތިޔާރު އުފައްދައި ގެންގުޅެމުން އަންނަ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެންނެވެ. މީގެ އިތުރަށް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވުނު އަޒްލިފް ރައޫފުގެ ގެ، ހ. ހިލްޓަން ވެސް ފުލުހުން ވަނީ މިރޭ ފާސްކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި މީގެ ކުރިން ފުލުހުން ވަނީ އަޒްލިފްގެ ބޭބެ، އާލިފް ރައޫފު ވެސް ހައްޔަރުކޮށްފަ އެވެ.

ފިސްތޯލު ފެނުނު މައްސަލައިގައި ފުލުހުން ވެސް ސިފައިން ވެސް ކޮމެންޓެއް ނުކުރި އެވެ. އެ ދެ ގެއަށް ވެސް ވަދެފައި ވަނީ ހަތިޔާރު އަޅައިގެން ތިބި ސިފައިންގެ ޓީމަކުންނެވެ. އަދި އެވަގުތު އެ ދެ ގެ ހިމެނޭ ސަރަހައްދުގެ މަގުތަކަށް ދުއްވާ އެއްޗިއްސާއި އާންމުންނަށް ނުވަދެވޭ ގޮތަށް ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.

ފުލުހުން ބުނީ އެ ދެ ގެ ފާސްކުރަމުން އަންނަނީ ފުލުހުންނާއި ސިފައިން ހިންގާ ސާޗް އޮޕަރޭޝަންގެ ދަށުން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެތަނުން އެއް ގެއެއްގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެ އެއް ކަމަށް ހަބަރުތައް ފެތުުރުުނު ނަމަވެސް ފުލުހުން ބުނީ އެއީ ދޮގެއް ކަމަށެވެ.

ރައީސް އަވަހާރަކޮށްލަން ރިޔާސީ ލޯންޗްގައި ބޮން ގޮއްވާލި ހާދިސާއަށް ފަހު އެކި ގޭގެ ފުލުހުންނާއި ސިފައިން އަންނަނީ ބަލައި ފާސް ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ތަންތަނަކީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮސްފައިވާ ނައިބު ރައީސް އަހުމަދު އަދީބާ ގުޅުން އޮންނަ ތަންތަނެވެ.

ތަފްސީލް އަންނަނީ..