ވިޔަފާރި

ރާއްޖޭން ތުރުކީގެ ޑިޖިޓަލް ޓޫރިޒަމް ފެއާއަކަށް

ތުރުކީން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި ރާއްޖޭން އެ ގައުމުގައި ބާއްވާ ޑިޖިޓަލް ޓޫރިޒަމް ފެއާ އެއްގައި ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރްސީން ބުނީ ތިން ދުވަހަށް ތުރުކީގައި ކުރިއަށްދާ ޓްރެވަލް ތުރުކީ އިޒްމިރް ފެއާގައި ބައިވެރިވާ އެކި ފަރާތްތަކަށް އެޕޮއިންޓްމަންޓް ހައްދާލެވޭނެ ކަމަށެވެ.

މި ފެއާ އިންތިޒާމު ކޮށްފައި އޮންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ވިޔަފާރިތަކާއި ވިޔަފާރިތައް ބައްދަލުވާނެ އިންތިޒާމު ހަމަޖެއްސޭ ގޮތަކަށެވެ. ފެއާ ކުރިއަށް ދާއިރު އޮންނަ ނެޓްވޯކިން އާއި ޕެނަލް ޑިސްކަޝަންތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ރާއްޖޭން ވަނީ މި ފެއާއަށް ހާއްސަކޮށް ޑިޖިޓަލް ސްޓޭންޑެއް ހަދާފަ އެވެ. ފެއާގެ ތެރޭގައި އޮންނަ ވެބިނާތަކުގައި މެނޭޖިން ޑިރެކްޓަރު ތޮއްތިބު މުހައްމަދު ބައިވެރިވެ ވަޑައިގެން އެކި މައުލޫމާތުތައް ދެމުން ގެންދާނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވެފައިވީ ނަމަވެސް މިދިޔަ އަހަރު ރާއްޖެއަށް 3،164 ޓޫރިސްޓުން އައިސްފައިވެ އެވެ.