މާޅޮސް

ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ

އއ. މާޅޮސް: އެ ރަށުގައި ކުޑަކުއްޖަކު ގެނބިގެން ވަނީ މަރުވެފައި --
0%
0%
0%

އއ. މާޅޮހުގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

ގެނބިގެން މަރުވެފައިވަނީ އަންހެން ކުއްޖެކެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 12 އަހަރުގެ ކުއްޖެކެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެ ކުއްޖާ ފެނިފައިވަނީ 5:50 ހާއިރުއެވެ. އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގެނބިގެން ކުޑަކުދިން މަރުވުގެ ހާދިސާތައް އިތުރުވެފައިވާއިރު މިދިޔަ މަހުގެ 19 ވަނަ ދުވަހު ރ. ފައިނުގައި އުމުރުން ހަތަރު އަހަރު ކުޑަކުއްޖަކު ގެނބިގެން ވަނީ މަރުވެފައެވެ. އެ ކުއްޖާވެސް ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345