ސަލާމަތީ ބާރުތައް އޮތީ ފުރިހަމައަށް ކަމަށާއި ދިވެހި ރައްޔިތުންގެ ރައްކާތެރި ކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ފަސް ނުޖެހި އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އިންކްއަރީ ކޮމިޝަންގެ ކޯޗެއާ ކަމުގައި ވެސް ހުންނެވި އުމަރު ވިދާޅވީ ބ. ހިބަޅިދޫން ފެނުނު ހަތިޔާރުތަކާއި އަދި އެހެން ކަންކަން ހިނގަމުން ދިޔަ ގޮތުން ރައްޔިތުންގެ ކަންބޮޑުން ހުންނާނެ ކަމަށާއި ނަމަވެސް ސަލާމަތީ ބާރުތަކުން ރާއްޖޭގެ އަމިއްލަ ވަންތަ ކަމާއި އަމަންއަމާންކަން މިނިވަން ކަން ބަލަައްޓާނެ ކަމުގެ ޔަގީން ކަންދެއްވާ ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނަށް ދޭ ޔަގީން ކަމަކީ އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓްގެ ވަޒީރުންނާއި މަޖިލީހުގެ މެންބަރުންނާއި މިހުރިހާ އެންމެންވެސް ރައްކާތެރި ކަމާއެކު ބެލެހެއްޓޭނެ ކަމުގެ ޔަގީން ކަން އެބައޮތޭ ދިވެހި ރައްޔިތުން ވެސް ބަލަައްޓާނެ ކަމުގެ ޔަގީންކަން އެބައޮތޭ،" އުމަރު ވިދާޅުވި އެެވެ. "މިހެން އަންނަ ކޮޅިކޮޅިގަނޑުގައި ރައްޔިތުން އެއްގޮތަކަށް ވެސް ކަންބޮޑުވާނެ ކަމެއް ނެތް އިރާދަ ކުރެއްވިއްޔާ ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިވަޅެއް އަޅާނަން"
އުމަރު ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބަރުތަކުގެ ސަފުތަކުގައި އެއްވެސް ހަމަ ނުޖެހުމެއް އޮތް ކަމަށްވަންޏާ އެ ހަމަނުޖެހުމެއް މިހާރު ހުންނާނީ ނައްތާލާފަައި ކަމަށެވެ. އެގޮތުން ކަމުނުދާ މީހުން ސަސްޕެންޑްކޮށް ބައެއް މީހުން ވަޒީފާއިން ވަކިކޮށް ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.