ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖަޕާން

ވެކްސިން ބެލެހެއްޓުމަށް ޖަޕާނުން 15 މިލިއަން ރުފިޔާ އެހީއެއް

ކޮވިޑް-19 އިގެ ވެކްސިން މެނޭޖް ކުރުމުގައި ރާއްޖޭގެ ސިއްހީ ކޯލްޑް ޗެއިން އިކްއިޕްމެންޓް (ސީސީއީ) އިތުރު ކުރުމަށް ޖަޕާނު ސަރުކާރުން 15 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ.

ޔުނިސެފް މެދުވެރިކޮށް ޖަޕާނު ސަރުކާރުން ރާއްޖެއަށް މި އެހީ ދީފައި ވަނީ ކޮވިޑް-19 އިން ރައްކާތެތިވުމަށް ޖަހަމުންދާ ވެކްސިން ރައްކާކުރުމަށް ބޭނުންވާ ސާމާނު ގަތުމަށެވެ.

މި އެހީގެ ދަށުން ސަރުކާރުގެ މުވައްޒަފުން ހާއްސަކޮށް ޓެކްނީޝަނުން ގެ ކެޕޭސިޓީ ސީސީއީގައި ވަރުގަދަކުރުމާއި، ސިއްހީ ދާއިރާގެ ސްޓާފުންގެ ކެޕޭސިޓީ ސީސީއީގައި ވަރުގަދަކުރުން ހިމެނެ އެވެ.

ޖަޕާނު ސަރުކާރުން ފެށުނީއްސުރެ ރާއްޖެއަށް އަންނަނީ ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް 7.5 މިލިއަން ޑޮލަރުގެ އެހީއެއް ވެދީފައިވާއިރު 47.5 މިލިއަން ޑޮލަރުގެ އެމަޖެންސީ ސަޕޯޓް ލޯނުވެސް ދިވެހި ސަރުކާރަށް ވަނީ ދީފަ އެވެ.

ޖަޕާން އެމްބަސީން ބުނީ މި އެހީގެ ސަބަބުން ރާއްޖޭގައި ހިލޭ ވެކްސިން ދިނުމަށް ފަށާފައިވާ ޕްރޮގްރާމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށެވެ.