ރިޕޯޓް

ޓޫރިޒަމް މިނިސްޓްރީ އަށް ނޭނގޭ ހިސާބެއް!

ޓޫރިސްޓަކަށް ހިދުމަތް ދެނީ: ރިސޯޓު މުވައްޒަފުންގެ ގިނަ ބަޔަކު ވަޒީފާއަށް ނުނެރި ތިބި ކަމަށް އަންދާޒާ ކުރެވޭ -- ފޮޓޯ: ވެލިގަނޑު
62.5%
37.5%
0%

ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވިފަހުން އެންމެ ބަރާބަކަށް ޓޫރިޒަމް މިނިސްޓްރީން ނެރޭ ހިސާބަކީ "ޓޫރިސްޓު އެރައިވަލްސް" އެވެ. ކޮންމެ ދުވަހަކު ޓޫރިޒަމް މިނިސްޓްރީ އިން ނިކަން ބަރާބަރަށް ކުރެ އެވެ. "ބޯކޮށް އަންނަ" ޓޫރިސްޓުންގެ އަދަދުތައް ހާމަ ކުރެ އެވެ. މި ހިސާބު ލިސްޓުން ހުޅުވާ ރިސޯޓުތަކާއި އެނދުގެ އަދަދު ސާފުވެ އެވެ. ރިސޯޓުތަކުގެ އޮކިއުޕެންސީ އަށް އަންނަ ބަދަލު ނިކަން ރީއްޗަަށް އެނގެން ހުރެ އެވެ. އެކަމަކު ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރަށް ވެސް ނޭނގޭ ހިސާބަކީ އަލުން ބޯޑަރު ހުޅުވި ފަހުން ޓޫރިޒަމް ދާއިރާގައި ތިބީ ކިތަށް މުވައްޒަފުން ކަމެވެ. އެކަން ބެލިފައެއް ނެތެވެ. ވަޒީފާގައި ތިއްބައި ނޯޕޭގައި ރަށަށް ފޮނުވާލި ކިތަށް މުވައްޒަފުން ވަޒީފާ އަށް އަލުން ނެރެފިކަން ސަރުކާރަށް ނޭނގެ އެވެ. ރިސޯޓުތަކުގައި މިހާރު ތިބި ދިވެހިންނާއި ބިދޭސީންގެ ފަރަގަކީ ކޮބައި ކަމެއް ސަރުކާރަކަށް ނޭނގެ އެވެ. ޓޫރިޒަމް މިނިސްޓްރީ އަށް ނޭނގޭ ހިސާބަކީމި އެވެ.

"އަޅުގަނޑު ރިސޯޓުގައި މަސައްކަތް ކުރާތާ އަށް އަހަރު ވެއްޖެ، ޕެންޑެމިކް ހާލަތުގެ ސަބަބުން ރަށުގައި ހުންނަތާ ނުވަ މަސް ވެއްޖެ. ރިސޯޓު ހުޅުވިފަހުން އޮކިއުޕެންސީ ހުރީ 85 ޕަސެންޓުގަ. މިއަދު ގުޅާފަ ބުނީ ހިންގުމަށް ނެގައި ބަދަލާ ގުޅިގެން އަޅުގަނޑުގެ ޕޯސްޓް އުވާލި ވާހަކަ. ބޭނުންނަމަ ގާޑަނަށް ޖޮއިން ކުރަން ފުރުސަތު އޮތް ވާހަކަ. އަޅުގަނޑުގެ ދާއިރާއަކީ އެކައުންޓެންޓް. މުސާރަ އިން 550 ޑޮލަރު ގާޑަނަށް ގޮސްފިނަމަ ކުޑަވޭ."

"މިއީ ކިހާ ބޮޑު ނާއިންސާފެއް ތޯ؟ އަޅުގަނޑު ހުރޭ ދާއިމީކޮށް ބޭސްކުރާ ކުއްޖެއް! މިއީ ކިހާ ބޮޑު ނިކަމެތި ކަމެއް ތޯ؟،" ރިސޯޓު މަސައްކަތްތެރިންގެ ޕޭސްބުކް ޕޭޖުގައި ހިއްސާ ކުރި މެސެޖެއްގައި މުވައްޒަފަކު ބުނެފައިވެ އެވެ.

ސަރުކާރަށް ނޭނގުނަސް، މިއީ އެންމެ މުވައްޒަފެއް ޝުއޫރެވެ. މިއަދު މިފަދަ އެތަށް ޝުއޫރުތަކެއް އުތުރި ދަނީ ބަންޑުން ވަމުންނެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅިއިރު އެންމެ ހިތްވަރު ކުރި އެއް ބަޔަކީ ރިސޯޓު މުވައްޒަފުންނެވެ. ސަރުކާރުން އެކަން ގަބޫލު ވެސް ކުރެ އެވެ. ފަހަރުގައި އެކަން ކުރަނީ މުވައްޒަފުން "ހައްދަން" ކަމަށްވެސް ވެދާނެ އެވެ.

ބަލީގެ އެންމެ ނުރައްކާތެރި ވަގުތު ވެސް ބޭރުން އައި މެހުމާނުންނަށް މަރުހަބާ ކިޔަން "ފްރަންޓް ލައިން" ގައި އެ މީހުން ތިއްބެވެ. އިގްތިސޯދު ހުޅުވައި ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ 80 ޕަސެންޓަށް އެރިއިރު ވެސް މީގެ ގިނަ އަދަދެއްގެ މުވައްޒަފުން ތިބީ ހާލުގަ އެވެ. ނޯޕޭ އަށް ރިސޯޓަށް ފޮނުވާލި މުވައްޒަފުން ތިބީ ރަށުގަ އެވެ. ހަދާނެ ގޮތް ހުސްވެފަ އެވެ. ވަޒީފާ ނެތި ރަށުގައި ތިބީ ބިކަ ވެފަ އެވެ.

ލޮކްޑައުން ތެރޭގައި ރިސޯޓު މުވައްޒަފުން ރަށު ތެރެ ސާފު ކުރުމުގައި ހަރަކާތްތެރިވަނީ

މި މީހުން މިގޮތުގައި ތިއްބައި އެ ރިސޯޓުތަކުގެ ކުރިން އެ މީހުން އަދާ ކުރި ވަޒީފާތައް ބައެއް ތަންތަނުން އުވާލައިފި އެވެ. އަދި ބައެއް ރިސޯޓު ތަކުން އެ މީހުން ތިބި ޕޯސްޓްތައް ފިލްކޮށްލީ ބިދޭސީން ލައިގެންނެވެ. މިކަން ވަނީ ވަޒީފާ ނެތި ގައުމުގައި ބިކަވެފައިތިބި ދިވެހި އެތަށް މަސައްކަތްތެރިންގެ ހިތަށް ހަންޖަރެއް ހެރުން ފަދަ ކަމަކަށެވެ. އެ މީހުންގެ އާއިލާތައް ރަށުގައި އާމްދަނީ މަދުވެ، ވޭން އަޅަމުންދާއިރު އެ މީހުން ތިބި ޕޯސްޓު ތަކަށް ބޭރުން ބަޔަކު ގެނެސް އަޅާލުން ވަނީ ބޮޑު ހިތްދަތި ކަމަކަށެވެ.

މީގެ އެތަށް މައްސަލައެއް ރާއްޖޭގެ އެކި ރިސޯޓު ތަކުން މިހާރު ދަނީ ފާހަގަ ވަމުންނެވެ. ޓޫރިޒަމް އެމްޕޮލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ވަނީ މީގެ ގިނަ މައްސަލަތަކެއް ތިލަވެސް ކޮށްފަ އެވެ. މިދިޔަ އެއް މައްސަލައަކީ ކުޑަފުނަ ފަރުގައި ހިންގާ ނޯކޯ މޯލްޑިވްސްގެ ހާލަތެވެ.

ކުޑަފުނަ ފަރުގައި ހިންގާ ނޯކޯ މޯލްޑިވްސް ރިސޯޓުން ދިވެހި މުވައްޒަފުން މަދުކޮށް ކަނޑަމުންދާ ކަމަށް ޓީމުން ވަނީ ބުނެފައިވެ އެވެ. ޓީމުން ބުނެފައިވާ ގޮތުގައި އެ ރިސޯޓުން ދިވެހިންނާ މެދު ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް ދެރަވަރު ކޮށެވެ.

"ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ހަވަނަ އިސްލާހާ ގުޅިގެން ދިވެހިން ރިޑަންޑަންޓް ކުރަނީ. މުޅި ރިސޯޓުގައި އެންމެ 19 ދިވެހިން. ދެން ހުސް ބޭރު މީހުން. ރިސޯޓުގައި އިންޑިއާ މެނޭޖަރުގެ ނުފޫޒު. ރިސޯޓު 80 ޕަސެންޓުގައި ހިންގަނީ 12 ގަޑިއިރު މުވައްޒަފުން ލައިގެން އޯޓީ ނުދީ މަސައްކަތް ކުރުވައިގެން. ދިވެހިން ދިވެހި ބިމުގައި އަޅުންނަށް ވަނީ،" ޓީމް އިން ބުނެފައިވެ އެވެ.

އަވަސް އިން ވަނީ ޓީމްގެ މި ތުހުމަތުގެ ހަގީގަތް އިތުރަށް ބަލާ ޔަގީންކޮށްފަ އެވެ. އިތުބާރު ހުރި މަސްދަތު ތަކުން އެނގުނު ގޮތުގައި އެ ރިސޯޓުގައި 19 ދިވެހިން ތިބިއިރު ބިދޭސީންގެ އަދަދު 400 އަށް އަރަ އެވެ.

މި ފަދަ އެތަށް މައްސަލައެއް މިހާރު ރާއްޖޭގެ ރިސޯޓުތަކުގައި އެބަ ހުއްޓެވެ. ރިސޯޓުތަކުގެ މެނޭޖުމަންޓުގެ ނުފޫޒު އިންތިހާ އަށް ބޮޑުވެ، ސަރުކާރުގެ އަތް ދަށުން މައްސަލަ ނައްޓާލާފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ މިދިޔަ އަހަރު ނޯޕޭ އަށް ދިޔަ މުވައްޒަފުންނާއި ވަޒީފާ ގެއްލުނު ގިނަ ބަޔަކަށް އަލުން އަނބުރާ ވަޒީފާ ލިބިފައިވާ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ހިދުމަތް ދޭ 94 ޕަސެންޓް ފެސިލިޓީން ހިދުމަތް ދޭ ކަމަށާއި މި ވަގުތު ވަޒީފާ އަށް އަނބުރާ ނުގޮސްތިބި މީހުންނަށް ވެސް ވަރަށް އަވަހަށް ވަޒީފާ ލިބޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަނީ ފޮޓޯ: މަޖިލިސް

މައުސޫމު ވިދާޅުވީ ވަޒީފާ ގެއްލުނު މުވައްޒަފުންނާއި މިނިސްޓްރީން ކޮންޓެކްޓް ކުރަމުން އަންނަ ކަމަށާ، އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ މިނިސްޓްރީން އެކްޓިވްކޮށް މަސައްކަތްތައް ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ ގޮތަށް ރިކަވަރީ މިއައީ. ވަރަށް ގިނަ ތަންތަނަަށް ދިވެހި މުވައްޒަފުން އަނބުރާ ނެރެފި،" މައުސޫމް ވިދާޅުވި އެވެ.

ނަމަވެސް، މިނިސްޓަރުގެ މި ވާހަކަ ފުޅު ރިސޯޓު މުވައްޒަފުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޓީމުން ގަބޫލެއް ނުކުރެ އެވެ.

"‏މީ ކަނޑައެޅިގެން ދޮގެއް! އެތަށްބައިވަރު ދިވެހި މުވައްޒަފުންނެއް ވަނީ އަދި ވެސް ވަޒީފާ ނުލިބި، މަގު މަތިވެފަ، ނޯޕޭގަ! މިހާރު ވެސް އެތަށް މުވައްޒަފުންނެއް ދަނީ 21 ވަނަ މާއްދާގެ ދަށުން ވަޒީފާ ތަކުން ވަކިކުރަމުން. ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފަ،" ޓީމުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އެނދުގެ ބޮޑުބައެއް އަލުން އޮޕަރޭޝަނަށް ނެރެފި އެވެ. ނަމަވެސް މުވައްޒަފުންގެ ޝަކުވާއަށް ހުއްޓުމެއް ނެތެވެ. ބެލެވެނީ މިހާރު ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ތިބީ ވަޒީފާ ނެތި އެވެ. އެކަމަކު މި ހިސާބުތައް ޓޫރިޒަމް މިނިސްޓްރީ އަކަށް ނޭނގެ އެވެ.

39 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގުއިރޯނު1

ޓޫރިޒަމް މިނިސްޓްރީއަށް ނޭގޭ ޓުއަރިސްޓް ވިސާގައި ރިސޯޓަށްގޮސް މަސައްކަތް ކުރާ ކިތަށް މީހުން އުޅޭކަން. މިވެސް ދިވެހިންނައް ވަޒީފާ ނުދޭން ހިންގާ ޖަރީމާއެއް. ރިސޯޓް ތަކުން ބޭނުން އެއްޗެއް އެހަދަނީ.

ޟިފާ

ޥަޒީފާ އަށް އިއުލާން ކުރިޔަސް އެޕްލައި ކުރާތަނެއް ނުފެނޭ

ސަލަންޖަހާބެ

މީއެންނޫންތޯ މިދައްކަ ވަހަކަޔަކީ 20000 ހައުސިން ޔުނިޓް އަޅާވާހަކަ 50000 ހައުސިންގް އަޅަވާހަކަ މިއަދައް ސަރުކާރުން ކީއްވެގެންތޯ ޓުވަރިސްޓް އެނދު ތަރައްގީ ނުކުރަނީ ރާއްޖޭގެ ހުރިހާސަރަހައްދެއްގައި އެކަމަކު ސަރުކާރު ތަކުން މިބަލަނީ މިގައުމުގެ ރައްޔިތުންނަކީ ގެސްޓުންކަމައް ދެކިގެން ފުލެޓް ގެ ނަމުގައި ގެސްޓުހައުސް މިހިންގަނީ ނިކަމެތި ރައްޔިތުންނައް ރައްޔިތުން ބުރަ މަސައްކަތުން ހޯދާ މަދުފައިސާކޮޅު އަތުލުމައް ހިންގާ ރިޔަލްސުޓެތް ބިޒްނަސް އެއްމީ ދެންކޮން ރައްޔިތެއްގެ ވަޒީފާއަކައްތޯ ބަލާނީ ވޯޓްލާދުވަސް ވަރުކިޔާނެ ޖަޒީރާ ރައްޖެއޭ ވޯޓްގެބޭނުމުގައި ނިމުނީމަ ނިމުނީ

ވަޒީފާ

ހުރިހާ . ..ކަމެއްވެ ސް ް ...އެނގޭ...،ސަރުކާރުން ...އެކަންތައްތައް، ނޭނގޭ ...ކަމަށް ...ހަދަނީ

ނަގޫރޯޅި

ޖާނާމާލުން މިސަރު ކާރު ވެރި ކަމައްގެންނަން އަދި މިހާރުވެސް އަބަދައް މިސަރު ކާރު ދަމަހައްޓަން މަސައްކަތްކުރަމުންދާ ރިސޯޓު އޯނަރުންގެ ރިސޯޓުތައް ބަލައިލަބަލަ، އެތަންތަނުގަ %90 މުއައްޒަފުންނަކީ ބިދޭސީން. މީދޮގެއް ނޫންކަން އެތަންތަނުގަ އުޅޭމުއައްޒަފުން ހެކިވާނެ

ނާޒިމާ އަލީ

އެތައް ބަޔެއްގެ ވަޒީފާ ވަނީ ގެއްލިފަ. ކިހިނެއް ހަދާނީ ދެން

ސަންޖޫ

ރިޒޯޓް މުއައްޒަފުންނައް ސަރުކާރަކުންވެސް އެހީއެއްނުވި.ހަމަ ބުނާނަން މިހެން

އިންމަޅޭ

ހަގީގަތުގަ ދިވެހިން ގެ ވިސްނުން ޗޭންޖު ކުރަންވެއްޖެ.ޓޫރިޒަމް ނޫންގޮތެއް އެބަޖެހޭ ހޯދަން

ރައްޕެ

އިބޫ ސޯލިހު އިސްތިއުފާ ދެއްވަންވީ ވަގުތު އަދިވެސް ނުޖެހެނީތަ

ތިމަރަ

އިންސާފަކީ އިންސާނުންނައް އޮތް އެއްޗެއްނޫން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910