ތެލުގެ އަގު

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

Mar 16, 2021

ޕެޓްރޯލާއި ޑީސަލްގެ އަގު ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން އަނެއްކާ ވެސް ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައުމާއެކު ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކާނީ 8.85ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކާނީ 9.79ރ. އަށެވެ. އެ ކުންފުނިން މި ފަހަރު ޕެޓްރޯލް ލިޓަރަކުން 0.01ލ. އަދި ޑީސަލް ލިޓަރަކު 0.06ލ. ބޮޑުކޮށްފައިވެ އެވެ.

ރާއްޖޭގައި ތެލުގެ އަގަށް ބަދަލު ގެނެސްފައި މިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ތެލުގެ އަގު ބަދަލު ގެނަައި ފަހުންނެވެ. އެ ފަހަރު އަގަށް ގެނައި ބަދަލާއެކު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގޮސްފައިވަނީ 8.44 ރ. އަށެވެ. އަދި ޑީސަލް ލިޓަރެއްގެ ވިއްކަމުން ދިޔަ އަގަކީ 9.19 ރ. އެވެ.

އެސްޓީއޯ އިން ބުނީ މި ފަހަރު ތެލުގެ އަގު ބޮޑު ކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތާ ދުވަސްތަކެއްވުމާ ގުޅިގެން، ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ވެސް ބޮޑުވުމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގައި ތެލުގެ އަގު ދަށަށް ދިއުމަށްފަހު، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 65 ޑޮލަރަށް އުފުލިފަ އެވެ.