ބަޔާން މިއުނިކް

ބަޔާންގެ ފެންވަރު އާސެނަލް އަށް ދައްކާލާނަން: ވިޑާލް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ބުދަ ދުވަހުގެ ރޭ އާސެނަލްއާ ދެކޮޅަށް ބަޔާން މިއުނިކުގެ އަސްލު ފެންވަރު ދައްކާލާނެ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އަރްތޫރޯ ވިޑާލް ބުނެފި އެވެ.

އޭނާ މިހެން ބުނީ އަމިއްލަ ދަނޑުގައި މީގެ ދެ ހަފުތާ ކުރިން ބަޔާން ނިއުނިކް 2-0އިން ބަލިވެފައިވާތީ އެވެ.

"އަހަރުމެން އާސެނަލް އަށް އަސްލު ބަޔާން މިއުނިކް މި މެޗުގައި ދައްކާލާނަން. އަހަރުމެން އިތުބާރުވަނީ ބޮޑުވެފައި. މި ފަހަރު އަހަރުމެން ލިބެ ފުރުސަގެ ބޭނުން ހިފާނަން އަދި ތިން ޕޮއިންޓް ހޯދާނަން،" ޗިލީގެ މިޑްފީލްޑަރު ބުންޏެވެ.

މި މެޗަށް ނުކުންނައިރު އާސެނަލް ވެސް ވަނީ އިނގިރޭސި ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މޮޅުވެ ޓޭބަލުގެ އެއްވަނާގައިވާ މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ނަމަވެސް ބަޔާން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން އެއްވަރުވެފަ އެވެ.