ބަލައި ފާސް ކުރުމުގެ ހާއްސަ އޮޕަރޭޝަންގައި ރޭ މެންދަމު އިތުރު ގެއެއް ބަލައިފާސްކޮށް އެގެއިން ބައެއް ތަކެތި ގެންގޮސްފި އެވެ.
ބަލައި ފާސްކޮށްފައިވަނީ ގ. ފިލާވެލި އެވެ. އެއީ ކަށިމާ ހިނގުމުގައ ހުންނަ ގެއެކެވެ. އެގެ ފާސްކުރުމަށްފަހު ލެޕްޓޮޕަކާ މޯބައިލް ފޯނެއްގެ އިތުރުން ބައެއް އެހެން ސާމާނުވެސް ހިމެނެ އެވެ. އެގެވެސް ފާސްކުރީ ސަރަހައްދު ބަންދުކޮށްގެނެވެ.
މިގެ ފާސްކުރި އިރު ސިފައިންނާއި ފުލުހުން ބުނެފައިވަނީ ބައިލާ ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަން ނުނިމޭ ކަމަށާއި މި އޮޕަރޭޝަނުގައި އަތޮޅުތަކުގެ ރަށްރަށުގެ ބައެއް ގޭގެވެސް ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ.