މޯލްޑިވްސް ޕޮލިސް ސާވިސް

ޑޯގް ސްކޮޑްގައި ހިމެނޭ "ޝަކީރާ" މަރުވެއްޖެ

ފުލުހުންގެ ޑޯގް ސްކޮޑްގައި ހިމެނޭ "ޝަކީރާ" ގެ ނަމުން ނަން ދީފައިވާ ކުއްތާ މަރުވެއްޖެ އެވެ.

ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ފަސް ކުއްތާ ރާއްޖެ ގެނެސް ޑޯގް ސްކޮޑެއް އެކުލަވާލީ 2015 ވަނަ އަަހަރުއެވެ.

ފުލުހުން މިއަދު ބުނީ ޑޯގް ސްކޮޑްގައި ހިމެނޭ "ޝަކީރާ" މަރުވެއްޖެ ކަމަށެވެ. "ޝަކީރާ" މަރުވީ ބަލިވެ އުޅެފައި ކަމަަށްވެސް ބުންޏެވެ. މީގެ ކުރިން ޑޯގް ސްކޮޑްގައި ހިމެނޭ އެހެން ކުއްތާއެއް މަރުވެފައިވެއެވެ.

ފުލުހުން މި ފަހުން ހިންގި މަސްތުވާތަކެތި ހޯދުމުގެ ބޮޑު އޮޕަރޭޝަންތަކުގައި ކުއްތާތައް ބޭނުން ކޮށްފައިވެއެވެ.