މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ޑީސީޕީގެ މަގާމަށް އަލީ ރަޝީދު

Mar 28, 2021

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ)ގެ މަގާމަށް އަލީ ރަޝީދު އައްޔަންކޮށްފި އެވެ.

އޭނާ މި މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ.

މީގެކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި އަލީ ރަޝީދު ވަނީ 25 އަހަރު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާފަ އެވެ.

އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތައް ހިންގަން ފުލުހުންގެ ތެރެއިން ހަމަޖައްސަވާފައި ހުންނަވާ އެންމެ އިސް ވެރިޔަކީ ވެސް އަލީ ރަޝީދު އެވެ.

އަލީ ރަޝީދު މަތީ ތައުލީމް ހާސިލްކުރައްވާފައިވަނީ މެލޭޝިޔާ އިންނެވެ. އެގޮތުން ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވެ އެވެ.

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި އަލީ ރަޝީދުގެ އިތުރުން އަބްދުލް މަންނާން ޔޫސުފް ވެސް އެބަ ހުންނެވި އެވެ.