ރައްޔިތުންގެ މަޖިލިސް

ބޯޑަށް ފޮނުވި ނަންތަކަށް ޝަކުވާއަށް ހުޅުވާލައިފި

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލައި ފުލުހުންގެ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލި ހަ މީހުންނާ ގުޅޭގޮތުން އާމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ޕޮލިސް ބޯޑް އެކުލެވިފައި އޮންނަނީ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ދެ މީހުންނެވެ.

އާންމުންގެ ތެރެއިން މެމްބަރުކަމަަށް ކުރިމަތިލި ހަ ފަރާތުގެ ނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފަ އެވެ.

އެހެންކަމުން މިފަރާތްތަކާ ގުޅޭގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް ވާނަމަ 31 މާޗްގެ 10 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.