މަލްޓިމީޑިއާ

"ރޫމީ އާ ޖަންނަތު" ގެ ގްރޭންޑް ފިނާލޭ ހުކުރުގައި

Mar 30, 2021
1
ރޫމީ އާ ޖަންނަތުގެ ޕޯސްޓަރެއް
0%
0%
0%

ޑާކްރެއިން އެންޓަޓެއިމަންޓްގެ ވެބް ސީރީޒް "ރޫމީ އާ ޖަންނަތު" ގެ ގްރޭންޑް ފިނާލޭގެ ފުރަތަމަ އެޕިސޯޑު އަންނަ ހުކުރުގައި ދައްކާނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މީޑިއާނެޓްގެ މަލްޓި-ސްކްރީން މެދުވެރިކޮށް ދައްކާ މި ވެބްސީރީސް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެގޮތުން މި ސީރީސްގެ 14 ވަނަ އެޕިސޯޑު އަންނަ އޭޕްރީލް ދެ ވަނަ ދުވަހު ދައްކަން ހަމަޖެހިފައިވާއިރު އެއީ މި ސީރީސްގެ ގްރޭންޑް ފިނާލޭގެ އެއްވަނަ ޕާޓެވެ.

ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ހިމެނޭ މި ވެބްސީރީޒްގެ ގްރޭންޑް ފިނާލޭގެ ދެވަނަ ޕާޓް އަދި މިސީރީސްގެ އެންމެ ފަހު އެޕިސޯޑް ދައްކާނީ އެޕްރީލް ނުވަ ވަނަ ދުވަހު ކަމަށް މީޑިއާނެޓުން ވަނީ ބުނެފަ އެވެ.

ގިނަ ތަރިންތަކެއް ފެނިގެންދާ މި ވެބްސީރީޒްގައި އެންމެ މުހިންމު ރޯލްތަކުން ފެނިގެންދަނީ އަބްދުﷲ ޝާފިއު (ފުބޫ) އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މީގެ އިތުރުން ޝީލާ ނަޖީބް އަދި ރޯނު ހަސަން މަނިކުވެސް ފެނެ އެވެ. އަދި މުހައްމަަދު ފައިސަލް އާއި އަހުމަދު ސައީދުގެ އިތުރުން އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނެ އެވެ.

"ރޫމީ އާ ޖަންނަތު" ގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލެވެ. ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އަދި މުހައްމަދު ފައިސަލްއެވެ. ޕްރޮޑިއުސަރަކީ މޮގާގެ އިތުރުން އައިޝަތު ފުއާދެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރޫމި

އަހުން މިހާރު ތިޔަ ބަލައިފިން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910