މަރު

ސިފައިންގެ މީހާ މޫދު އަޑިން ފެނިއްޖެ

މޫދަށް ފޭބި ފަހުން ގެއްލުނު ސިފައިންގެ މީހާ ފެނިއްޖެ އެވެ.

ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ގެއްލުނީ ލާސްކޯޕްރަލް ހުސައިން ފާރިޝް އެވެ. ފާރިޝްއަކީ ލ. މާބައިދޫއަށް ނިސްބަތްވާ މީހެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މޫދު އަޑިންނެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭގޮތުން ސިފައިން ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.

ފާރިޝްގެ ހަށިގަނޑު މިވަގުތު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފްގެ އިސްތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މޫދަށް ފޭބި ސިފައިންގެ ތެރެއިން އެކަކު ގެނބިގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި ގެނބެން ފެށުމުން ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

"ގެނބުނު މީހާއަށް ދަނީ މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން. އޭނާގެ ހާލު އަންނަނީ އިރާދަކުރެއްވިއްޔާ ރަނގަޅުވަމުން،"