ހަބަރު

ގިނަ ބަޔަކަށް އެއްފަހަރާ ގެއްލުން ދެވިދާނެ ހަތިޔާރު އާންމު ބައެއްގެ އަތުގައި ހުރެދާނެ: އިހުސާން

ގިނަ ބަޔަކަށް އެއްފަހަރާއި ގެއްލުން ދެވޭނެ ފަދަ ހަތިޔާރާއި ގޮވާތަކެތި އާންމު ބައެއްގެ އަތުގައި ހުރުމުގެ ފުރުސަތު އަދިވެސް ބޮޑުކަމަށް ފުލުުންނާއި ސިފައިން ބުނެފި އެވެ.

ސިފައިންނާއި ފުލުހުން ކުއްލި ގޮތަކަށް މިއަދު އިސްކަންދަރު ކޮއްޓަށް ނޫސްވެރިން އެއްކޮށް ވަނީ ދެ މުއައްސަސާގެ ގުޅިފައިވާ ސްޓޭޓްމަންޓެއް ދީފައެވެ. އެ ސްޓޭޓްމަންޓް ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭ ރައީސް އޮފީހުގައި ބަންޑާރަ ނައިބު ނޫސްވެރިންނާ ބައްދަލުކޮށް ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރިޔާސީ ގަރާރަކުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުއްލި ހާލަތުގެ ނުރައްކާ އާންމު ކުރިކަން ވަނީ އިއުލާން ކޮށްދެއްވާފަ އެވެ.

ސިފައިންނާއި ފުލުހުންގެ ސްޓޭޓްމަންޓް ދެއްވީ ނޭޝަނަލް އިންކްއަރީ ކޮމިޝަންގައި ހިމެނި ވަޑައިނަވާ ކެޕްޓަން އިހްސާން އަލީ އާއި އެ ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.

މި ސްޓޭޓްމަންޓް ދެއްވި އިރު އިހްސާން ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ހިނގަމުންދާ އޮޕަރޭޝަންގެ ދަށުން ރާއްޖެއިން ފެނުނު ހަތިޔާރު ތަކަކީ އެއްފަހަރާ ގިނަ ބަޔަކަށް ގެއްލުން ދެވޭނެ ހަތިޔާރު ތަކެއް ކަމަށާއި އެފަދަ ހަތިޔާރުތަށް އަދިވެސް އާމު ބައެއްގެ އަތުގައި ހުރުން އެކަށީގެންވާ ކަމަށެވެ. އަދި މިފަދަ ތަކެއްޗަކީ ގިނަބަޔަކަށް އެއްފަހަރާ ގެއްލުން ދިނުމުގެ ނިޔަތުގައި ބަޔަކު ބޭނުން ކޮށްފާނެ އެއްޗެއް ކަމަށެވެ.

"މީގެ ދެ ދުވަސް ކުރިން ޕިކަޕެއް ތެރޭގައި ފެނުނު އައިޑީއިން ކަށަވަރު ވެގެން ދަނީ މިއެއްޗެހި ގެންގުޅޭ މީހުން އާމު ގިނަ ބަޔަކަށް އެއްފަހަރާ ގެއްލުން ދިނުމުގެ ނިޔަތުގައި ބަޔަކު ބޭނުން ކުރާ އަދި ކުރިޔައް އޮތްތާ ވެސް ބޭނުން ކުރަމުން ގެންދާނެ ތަކެތި. އަދި އަޅުގަނޑުމެންގެ ތަހުގީގުގަށް މިހާރު ބަލާއިރު މިފަދަ އިތުރު ހަތިޔާރުތަކާ ގޮވާ ތަކެތި އާމު ބައެއްގެ އަތުގަ އަދިވެސް ހުރުމުގެ ޕޮސިބިލިޓީ ވަރަށް ބޮޑު،" އިހްސާން ވިދާޅުވި އެވެ.

މީގެ އިތުރުން ނަވާޒް ވިދާޅުވީ ފުލުހުންނާއި ސިފައިން މިހާތަނަށް ކުރި ތަހުގީގުތަކުންނާއި ލިބިފައި ހުރި މައުލުމާތުތަކުން އެނގި ފެނިފައިވާ ގޮތުގައި ނުރައްކާތެރި ހަތިޔާރާއި ގޮއްވާތަކެއްޗަކީ ހަމައެކަނި ބޭރުތެރެއަށް ދޫވެފައި ހުރި ހަތިޔާރުތަކެއް ނޫން ކަމަށާއި އަދި ބައެއް ހަތިޔާރުތަށް އަދިވެސް އާމުބައެއްގެ ތެރޭކަމަށް ހުރިކަމަށް ތުހުމަތި ކުރެވޭ ކަމަށެވެ.

"މިގޮތަށް ބަޔަކު މީހުން އަތުގަ ހަތިޔާރާއި ގޮވާތަކެތި ހުރުމަކީ ރާއްޖޭގެ ރައްޔިތުންނަށާއި އަމަން އަމާން ކަމަށް ހުރި ނުރައްކަލެއް ކަން ފުލުހުނާއި ސިފައިން ދެކެން،" ނަވާޒް ވިދާޅުވި އެވެ.

އެހެންކަމުން ފުލުހުންނާއި ސިފައިންގެ އޮޕަރޭޝަންތަށް ހުއްޓުމެއް ނެތި ރައްޔިތުންގެ ރައްކާތެރިކަމަށް އަދިވެސް ކުރިޔަށް ދާނެ ކަމަށާއި އަދި ބައެއްގެ އަތުގައި އެފަދަތަކެތި ހުރިކަމަށް އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކަމާބެހޭ ފަރާތަށް އެންގުމަށް ފުލުހުންނާއި ސިފައިން ވަނީ އެދިވަޑައިގަތެވެ.