މުހައްމަދު ސައީދު

"އިންވެސްޓަރުންގެ އިތުބާރަށް އެއްވެސް ބަދަލެއް ނާންނާނެ"

އެއް މަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ނަމަވެސް ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އިތުބާރު އެބައޮތް ކަމަށާއި އިންވެސްޓަރުންނާ ރާއްޖެއާ ދެމެދު އޮތް އިތުބަރަށް ހީނަރުކަމެއް ނާންނާނެ ކަމަށ އިކްނިމިކް މިނިސްޓަރު، އަދި އެސްއީޒެޑް ބޯޑްގެ ޗެއާމަން މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއާ ދިމާވެފައިވާ ނުރައްކާތެރި ހާލަތާ ގުޅިގެން އެކަން ހައްލު ކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރ ނަމަވެސް ބޭރުގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިންވެސްޓްމަންޓުތަކަށް ރާއްޖޭގައި ރައްކާތެރިކަމާއި ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއަށް ވެސް ނޭދެވޭ އަސަރެއް ނެތްކަމަށާއި އެ ޔަގީންކަން ދެއްވާ ކަމަށެވެ

"ރާއްޖޭގެ ހާލަތާގުޅޭ ފުރިހަމަ މަޢުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް ދެމުން އެބަދަން... ނުރައްކަލުގެ ހާލަތު އިޢުލާންކުރެއްވުމަކީ ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހިފަހައްޓާ ހައްގުތައް

ގާނޫނުއަސާސީގެ 19 ވަނަ މާއްދާ، މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަން
ގާނޫނުއަސާސީގެ 24 ވަނަ މާއްދާ: ޒާތީ ދިރިއުޅުމުގެ ހައްގު
ގާނޫނުއަސާސީގެ 31 ވަނަ މާއްދާ: ހަޅުތާލުކުރުމުގެ ހައްގު
ގާނޫނުއަސާސީގެ 32 ވަނަ މާއްދާ: އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު
ގާނޫނުއަސާސީގެ 41 ވަނަ މާއްދާ (ހ): ދަތުރުފަތުރުކުރުމުގެ މިނިވަންކަން
ގާނޫނުއަސާސީގެ 45 ވަނަ މާއްދާ: ގާނޫނާ ހިލާފަށް ހައްޔަރުކުރުމާއި ބަންދު ނުކުރުމުގެ ހައްގު
އަދި އެ މާއްދާގައި ބުނެފައިވާ އެހެން ހައްގުތައް
ގާނޫނުއަސާސީގެ 47 ވަނަ މާއްދާ: ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުމުގެ ހައްގު

ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނުހިފެހެއްޓޭނެ ހައްގުތައް

ދިރިހުރުމުގެ ހައްގު، 21 ވަނަ މާއްދާ
އަޅުވެތި ނުކުރުމާއި ގަދަކަމުން މަސައްކަތް ނުކުރުން، 25 ވަނަ މާއްދާ
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، 27 ވަނަ މާއްދާ
އަދުލުވެރިކަމާއި ހާމަކަމާ އެކު ޝަރީއަތްކުރުން، 42 ވަނަ މާއްދާ
ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ހައްގުތައް، 48 ވަނަ މާއްދާ
ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް، 51 ވަނަ މާއްދާ
އިއުތިރާފާއި ގާނޫނާ ހިލާފަށް ހޯދާ ހެކި، 52 ވަނަ މާއްދާ
ގާނޫނީ ވަކީލެއްގެ އެހީތެރިކަން، 53 ވަނަ މާއްދާ
ލާއިންސާނީ އަދަބު ނުދިނުން، 54 ވަނަ މާއްދާ
މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުން، 55 ވަނަ މާއްދާ
ބަންދުކުރެވިފައިވާ މީހުންނާ އިހްތިރާމާ އެކު މުއާމަލާތުކުރުން، 57 ވަނަ މާއްދާ
ގާނޫނުގައި ކުށެއް ކަމަށް ކަނޑައެޅިފައި ނުވާ ކަމަކަށް ފަހުން ހަދާ ގަވައިދަކުން އަދަބު ނުދިނުން، 59 ވަނަ މާއްދާ
އެއް ކުށަކަށް ދެ ފަހަރަށް އަދަބު ނުދިނުން، 60 ވަނަ މާއްދާ
އެހެނިހެން ހައްގުތައް ލިބިދިނުން، 62 ވަނަ މާއްދާ
ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ހައްގު، 64 ވަނަ މާއްދާ