ހަބަރު

ހައްޔަރުކުރި ދެމީހެއްގެ ފޯނުގައި ހަތިޔާރުތަކުގެ ފޮޓޯހުރި: ޕޮލިސް

Nov 4, 2015
1
  • ތަހުގީގަށް ވަނީ ބޮޑެތި ކުރިއެރުން ލިބިފައި
  • ހައްޔަރު ކުރެވިފައި ވަނީ މައްސަލައާ ގުޅުން ހުރި މީޙުން
  • މައްސަލަ ނިންމާ ލަސްނުވެ ޕީޖީއަށް ފޮނުވާނެ

"ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލައާ ގުޅިގެން ފަށާފައި ތަހުގީގަށް ހައްޔަރުކޮށްފައިވާ މީގެއްގެ ފޯނުގައި ބ. ހިބަޅިދޫން ފެނުނު ހަތިޔާރުތަކުގެ ފޯޓަތަކެއް ފެނިފައިވާ ކަމަށާއި އޭގެ ސަބަބުން ތަހުގީގަށް ކުރި އެރުން ލިބިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ ނަވާޒު މިރޭ ވިދާޅުވީ ފިފެންމާގެ ހާދިސާއަށް ފަހު ފެށި ތަހުގީގާ ގުޅިގެން ބަޔަކު ހައްޔަރުކޮށް އެމީހުންނާ ސުވާލުކޮށް ތަހުގީތައް ކުރިޔަށް ގެންދާއިރު ތަހުގީގަށް ލިބެމުންދާ މައުލޫމާތާއި ތަހުގީގުގައި ބައެއް ފަރާތްތަކުގެ ކިބައިން ލިބޭ މައުލޫމާތުގެ އެހީގައި ގިނަ މަސައްކަތްތަކެއް މާލެ ތެރޭގަ އާއި އަތޮޅުތަކުގައި ވެސް ކުރެވިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އެ މަސައްކަތުން ބ. ހިބަޅުދޫ ބޭރުން ކަނޑު އަޑީގައި ފޮރުވައިގެން އުޅުުނު ހަތިރާރުތަކަކާއި އެދުވަހު ގޮވާތަކެއް ވެސް ފެނިފައިވާ ކަމަށެވެ. އަދި މައްސަލާގައި މިހާރު ތަހުގީގަށް ބޮޑެތި ކުރިއެރުން ލިބިފައިވާ ކަމަށެވެ.

"ތަހުގީގަށް ހައްޔަރުކޮށްފައިވާ ދެމީޙެއްގެ ފޯނު ބަލައި ފާސް ކުރިއިރު ކުރިން ފެނިފައިވާ ހަތިޔާރުތަކުގެ ފޮޓޯތައް އެފޯނުގައި ހުރިކަން ވަނ އެނގިފައި. އަދި އެތަކެތި ވަނީ ހެކީ ގޮތުގައި ނެގިފައި،" ނަވާޒު ވިދާޅުވި އެވެ. "ގަބޫލު ކުރެވެނީ މިއަދާހަމަށްކުރެވިފައިވާ ތަހުގީގުގައި މިހާތަނަށް ހައްޔަރު ކުރެވިފައި މިވަނީ މި މައްސަލައާ ގުޅުން ހުރި މީހުންކަން އެއީ ތަހުގީހުންނާއި ލިބިފައި ހުރި ހެއްކަށް ބަލާއިރު އެކަންކަން އެގޮތަށް ގުޅުވައިދޭތީ،"

އޭނާ ވިދާޅުވީ ތަހުގީގުގައި މހާރު ވެސް ތަހުގީގގައި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިހާރު ލިބިފައިވާ ކުރިއެރުމާއެކު މި މައްސަލަ ވީހާވެސް އަވަހަށް ނިންމާ ޕީޖީއަށް ފޮނުވައި ޝަރީއަތާ ހަމައަށްގެންދެވޭނެ ގޮތަށް ނިމިގެންދާނެ ކަމަށެެ.